ޗުއްޓީ ނިންމައި އެއް ޖަލްސާ ބޭއްވުމަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފި

ރަމަޟާންމަހުގެ ފަހު 10 އާއި ޢީދު ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ އެންމެ ޖަލްސާއެއް އިއްޔެ ބާއްވައި، މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ވުމުން އެ ދުވަސްތައް މަޖިލީހަށްވެސް ވީ ބަންދު ދުވަސްތަކަކަށެވެ. އެފަހުން އައި ފިޠުރު ޢީދު ބަންދަށްފަހު މަޖިލީހުގެ ޖަލްސާތައް ފަށާފައިވަނީ އިއްޔެ އެވެ. 
އިއްޔެގެ ޖަލްސާގައި ގައުމު ތަކަށް ސަފީރުން އައްޔަން ކުރުމުގެ މައްސަލައާއި މިނިވަން މުވައްސަސާ ތަކުގެ ހުސްވެފައިވާ މަގާމުތަކަށް އައްޔަނު ކުރެވިފައިވާ ބޭފުޅުންނަށް ރުހުން ހޯދުމުގެ މަސައްކަތް ކޮމިޓީއަށް ފޮނުވާފައިވެއެވެ. 
Advertisement
އެފަހުން، ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ އެމްއެމްއޭއިން ފައިސާ ޗާޕުކުރަން އުޅޭކަމަށް ބުނެ، އެ ކަމުގެ މައުލޫމާތު ސާފުކޮށް، ޖަވާބުދާރީކުރުވުމާމެދު މެންބަރުން ދެކޭ ގޮތް ބެލުމަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.
އެ ގަރާރަށް ބަހުސް ކުރުމުގެ ކަންކަން މަޖިލީހުގައި ކުރިއަށް ގެންދިޔުމަށްފަހު ޖަލްސާ ވަނީ ނިންމާލާފައެވެ. 
މަޖިލީހުގެ ކޮމިޓީ ތަކުގެ މަސައްކަތަށް ބަލާއިރު، މިއަދު އޮތީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ