އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދެނީ
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭން ނެޝަނަލް ޑުރަގު އެޖެންސީ (އެންޑީއޭ)އިން އިންޑިއަން ކަލްޗަރަލް ސެންޓަރާ މިއަދު މަޝްވަރާކޮށްފިއެވެ. އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ތެރޭގައި ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮ ކަސްރަތުތައް ހިމެނުމާ ގުޅޭ ގޮތުން އެއްބާރުލުން ހޯދަން އެންޑީއޭއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާ ދެމެދު މަޝްވަރާގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. ހޯމް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ކްލައިންޓުންނަށް މަސްތުން ސާފުވުމާއި، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ވަށައިޖެހޭ ފަރުވާގެ ނިޒާމަކަށް ހެދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ހޯމް މިނިސްޓްރީން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް އެންޑީއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ދާދި ފަހުން ވަނީ ވޮލަންޓިއާ ޕިއާ ވޯކާސްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގައި ބައިވެރިވެ، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންޑީއޭއިން އެދުނު ކަމަށް މިނިސްޓްރީން ބުންޏެވެ. https://x.com/NDA_MV/status/1912834827348545698 އެންޑީއޭއިން ވަނީ ޖުމުލަ 30 މީހުންނަށް އެ ފުރުސަތު ހުޅުވާލައިފައެވެ. މި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ތަންތަނުގެ ތެރޭގައި: އެންޑީއޭ ހިންމަފުށީގައި ގާއިމުކޮށްފައިވާ ޑުރަގު ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހާފްވޭހައުސް ދަގެނާ ސ. ހުޅުދޫގައި ގާއިމްކޮށްފައި ހުރި ވިލުނު ސެންޓަރު ގދ. ތިނަދޫއާއި، ސ. ހިތަދޫ އަދި ޏ. ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް ހަތެއް ނިންމާފައިވުމާއި މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށް ވުން ހިމެނެއެވެ. https://sun.mv/202770 މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި އާއްމު މައްސަލަތަކެކެވެ. މާލޭގެ މަގުތަކުގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި މަސްތުގެ ހާލަތުގައި ހުރެ ކުށްތަކަށް އަރައިގަންނަ މީހުން ބަންދުކޮށް ފަރުވާ ދިނުމުގެ މަސައްކަތް އެންޑީއޭއާއި ފުލުހުންގެ ޑުރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ފަށައިފައެވެ. އެގޮތުން، މިހާތަނަށް 100އަށް ވުރެ ގިނަ މީހުންނަށް ފަރުވާގެ ފުރުސަތު ދީފައިވާ ކަމަށް އެންޑީއޭއިން ވަނީ މި ފަހުން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ