ރާއްޖޭގައި މައްސަލައަކީ ވެރިންނެއް ނޫން، ނިޒާމު: ރައީސް ނަޝީދު
ރާއްޖޭގައި ހުރި ނުރަނގަޅު ގިނަ ކަންތައްތަކުގެ އަސްލަކީ ރިޔާސީ ނިޒާމު ކަމަށާއި ވެރިންގެ މައްސަލައެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ."ވަކި ވެރިއެއްގެ މައްސަލައެއް ނޫން." ނަޝީދު ވިދާޅުވި އެވެ.މިހާރު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ނަޝީދު، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ނުވަތަ ޕާލިމެންޓްރީ ނިޒާމެއް އޮތުމަށް ތާއީދު ކުރައްވާ އަނެއްކާވެސް ވާހަކަފުޅު ދެއްކެވި އިރު، ނިމިދިޔަ 19 ވަނަ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނަވައިގެން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތްކުރައްވައި ކެމްޕޭނެއް ވެސް ކުރެއްވި އެވެ.ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ޖެހޭ ގޮތް ބަދަލުކޮށް، ޕްރިފަރެންޝަލް ވޯޓިން ނިޒާމަކުން އެއް ބުރުން ރިޔާސީ އިންތިހާބު ނިންމަން ތާއީދުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ