ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ހަވާއެރުވުމަށް ތާވަލްކުރިނަމަވެސް، ހަވާއެރުވުން ކެންސަލްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ މިރޭ އެރުވުމަށް ހަމަޖެހިފައިވާ ހަވާ، މޫސުން ތަންނުދޭތީ ކެންސަލްކޮށްފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހަވާއަރުވާ އެ ހަރަކާތަކީ ވިނަރެހުފައި އައު ސުޕަމާކެޓެއް ހުޅުވާތީވެ، އެކަން ފާހަގަކުރުމުގެ ގޮތުން ސުޕަމާޓް ހިންގާ ކުންފުނިން އިންތިޒާމްކުރި ހަރަކާތެކެވެ. ރާއްޖޭގައި ހަވާއެރުވުމުގެ ކަންކަން ކުރިއަށްގެންދަނީ، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިންނެވެ.
ތަފާތު އެކިއެކި މުނާސަބާތަކާ ގުޅުވައިގެން ހަވާއެރުވުމަކީ ރާއްޖޭގައި މިހާރު ވަރަށް އާއްމު ކަމެކެވެ. ހަވާއެރުވުމުގެ ހަރަކާތަކީ ހުރިހާ އުމުރުފުރާތަކެއްގެ މީހުންގެ މެދުގައި ވަރަށް މަޤްބޫލުކަމެކެވެ.
މޫސުން ތަންނުދިނުމުން، މިރޭ ހަވާއެރުވުން ކެންސަލް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ