މަގުމަތީގައި ހުރި 40 އަހަރުގެ މީހެއްގެ ގަޔަށް ވަޅި ހަރައި މިރޭ ޒަހަމްކޮށްލައިފި އެވެ.
ވީ ކިިހިނެއް؟- ފުލުހުން ބުނިގޮތުގައި އެ ފިރިހެން މީހާ މަޑުކޮށްގެން ހުރީ ސަބުދެލިމަގުގައި ހުންނަ ޗާންދަލިޔާ ފިހާރަ ކައިރީގަ އެވެ. ވަޅި ހެރީ މިރޭ 8:30 އެހާކަންހާއިރު އެވެ.
ފުލުހުން ބުނިގޮތުގައި:
ޒަހަމްވި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް
މި މީހާއަށް މިހާރު ދަނީ ފަރުވާދެމުން
އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. އެތަނުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަގުމަތީގައި ހުރި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ