މިއުނިކް (މެއި 7) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ވިންގް، ލެރޯއި ސާނޭގެ އޭޖެންޓް ބަދަލުކޮށް މުސްތަގުބަލާ މެދު ގޮތެއް ނިންމުމުގައި އިތުރު ގޮތްތަކަށް ވިސްނަން ފަށާފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެންޗެސްޓާ ސިޓީ ދޫކޮށް 2020 ވަނަ އަހަރު، ބަޔާނަށް ބަދަލުވި ސާނޭ، 29، އެ ޓީމާ އެކު ހަދާފައި އޮތް އެއްބަސްވުން އަންނަ މަހުގެ 30 ގެ ނިޔަލަށް ހަމަވާނެ އެވެ. ދާދި ފަހުން ބަޔާނުން، އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދަން ސާނޭއާ އެކު، އަނގަބަހުން އެއްބަސްވުމަކަށް އަ އެވެ.
އެކަމަކު، އެ ކޮންޓްރެކްޓްގައި ސޮއިނުކުރެވެނީސް، ސާނޭ މިހާރު ވަނީ، ވިން11 ދޫކޮށްލައި، އޭނާގެ އޭޖެންޓަކަށް ޕިނީ ޒަހާވީ ހަމަޖައްސައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޒަހާވީއާ އެކު، ސާނޭގެ މުސްތަގުބަލާ ގުޅޭގޮތުން، ބަޔާނުން މަޝްވަރާ ކުރަމުން އަންނައިރު، އެއްބަސްވުމުގައި ސޮއިކުރާއިރު، މުސާރަ ބޮޑުކުރުމާއި ބޯނަހެއް ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ.
ޒަހާވީގެ އޭޖެންޓް ކަމުގައި ތިބި، ޑޭވިޑް އަލަބާ އާއި ރޮބަޓް ލެވަންޑޯސްކީ ބަޔާނަށް ކުޅެމުންދިޔައިރު، އެ ކުޅުންތެރިންގެ ކޮންޓްރެކްޓް ކަންކަން ވެސް ޒަހާވީއާ އެކު މަޝްވަރާކޮށް ހައްލެއް ހޯދަން ބަޔާނަށް އުނދަގޫވި އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސާނޭގެ ސޮއި ހޯދަން އިނގިިރޭސި ކްލަބްތަކުން ވެސް އަންނަނީ ފާރަލަމުންނެވެ. މި ފަހަރު ޖަރުމަނު ލީގުގެ ޗެމްޕިއަންކަން، ބަޔާނުން ހޯދިއިރު، 28 މެޗުގައި ކުޅުނު ސާނޭ ވަނީ 11 ގޯލު ޖަހައި، ހަތަރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އޭޖެންޓް ބަދަލުކޮށް ސާނޭ ދެ ވަނަ ވިސްނުމަަކަށް އޭޖެންޓް ބަދަލުކޮށް ސާނޭ ދެ ވަނަ ވިސްނުމަަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ