ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި

މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި މަގާމުގެ މަސްއޫލިއްޔަތުތައް އިއާދަކޮށްދިނުމާ އެކު، ޝަރުއީ ދާއިރާގެ މިނިވަންކަމަށް ބުރޫއަރާ ކަންކަން ކުރުން ހުއްޓާލަން އިންސާނީ ހައްގުތަކަށް ވާކާލާތު ކުރާ ޖަމިއްޔާއެއް ކަމަށް ހިއުމަން ރައިޓްސް ވޮޗުން، ރާއްޖޭގެ ސަރުކާރަށް އިއްޔެ ގޮވާލައިފި އެވެ.އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރަމުންދާ ހިއުމަން ރައިޓްސް ވޮޗުން ނެރުނު ބަޔާނުގައި ބުނީ، ފެބްރުއަރީ 26، ގައި ސަސްޕެންޑުކުރި ދެ ފަނޑިޔާރުން އަދި ސަސްޕެންޝަނަށް ފަހު އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދުގެ މަގާމު ވަގުތުން ވަގުތަށް އިއާދަކުރަން ޖެހޭ ކަމަށެވެ.އޭގެ އިތުރުން، ސަސްޕެންޝަންތައް އުވާލައި ފަނޑިޔާރުންގެ މައްޗަށް ކުރަމުންދާ އަސްލެއް ނެތް ތަހުގީގުތައް ހުއްޓައިނުލަނީސް ރާއްޖޭގައި ހައްގުތައް ގާއިމުނުކުރެވޭނެ ކަމަށް ހިއުމަން ރައިޓްސް ވޮޗް ގެ އޭޝިއާ ޑިރެކްޓަރު އެލައިން ޕިއާސަން ވިދާޅުވެފައިވެ އެވެ."ޖޭއެސްސީން ބަލަން ފެށި މައްސަލަތަކާއެކު، ޝަރުއީ ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމުގެ ކަންބޮޑުވުންތައް އެބަހުރި. މި އަމަލުތަކުގެ ސަބަބުން އެމަނިކުފާނު އެވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާފައި ކަމަށް ބެލެވެމުގެ ޖާގަ އެބައޮތް،" ޕިއާސަން ވިދާޅުވި އެވެ."ރާއްޖޭގެ ޝަރުއީ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރަން ރައީސް މުއިއްޒު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ޝަރުއީ ދާއިރާއަށާއި ގައުމުގެ ޑިމޮކްރެޓިކް މުއައްސަސާތަކަށް ކުރިމަތިވެފައިވާ މި ނުރައްކާތައް ނިމުމަކަށް ގެނައުމަށް އެހީދޭ ފަރާތްތަކާއި ކަމާ ގުޅުންހުރި ގައުމުތަކުން ރައީސަށް ސާފު މެސެޖެއް ދޭން ޖެހޭ ކަމަށް ވެސް ޕިއާސަން ވިދާޅުވިއެވެ.އޭނާ ވިދާޅުވި ގޮތުގައި 2008ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނުއަސާސީގެ ދަށުން ޖޭއެސްސީއަކީ ޝަރުއީ ދާއިރާއާ ގުޅޭ ޝަކުވާތައް ތަހުގީގުކޮށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ މިނިވަން މުއައްސަސާއެކެވެމީގެ އިތުރުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް އަވަސް ފިޔަވަޅުތަކެއް އެޅުވުމަށް ރައީސް މުއިއްޒުއަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.ނުހައްގު ތުހުމަތުތަކެއްގައި މާގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށް ވިދާޅުވެ، މި މައްސަލަ އަޒްމިރާލްދާ އަދި ހުސްނުއްސުއޫދުގެ ފަރާތުން ވަނީ އދ. ވެސް ހުށަހަޅާފަ އެވެ. އެ ފަނޑިޔާރުން ވަކިކުރަން މިހާރު ޖޭއެސްސީން ނިންމާފައިވާއިރު، އެގޮތަށް ނިންމީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް އދ. ވެސް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ