ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގައި ހުރި މަގާމުގެ ދިފާއުގައި ނަޒާހާ މުޒާހަރާގައި ވާހަކަ ދައްކައިފި ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގައި ހުރި މަގާމުގެ ދިފާއުގައި ނަޒާހާ މުޒާހަރާގައި ވާހަކަ ދައްކައިފި

މިހާރު ރާއްޖޭގައި އޮތް ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެ ކަމަށް ބުނެ ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސްކަން ކުރައްވާ ނަޒާހާ ނަޒީމް އެ މަގާމު ދިފާއުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ޒުވާނުން އަންނަނީ ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގެ ތެރެއިން ރައީސަށް ލަފާ ދޭ ބޯޑުގެ އިސްތިއުފާއަށް ދަނީ ގޮވާލަމުންނެވެ.
"ވަރަށް ވަރަށް ޕްރެޝަރު އެބައިން ބޯޑަށް ވެސް އައިސްފައި، އެންޑް އެވްރީތިންގް އިޒް ޖަސްޓިފައިބަލް. ތި އެންމެންގެ އެއްވެސް ސްޓޭޓްމަންޓަކަށް އައި ކެނޮޓް ބީ ޑިސަޕޮއިންޓެޑް. އެވްރީތިން އިޒް ޖަސްޓިފައިޑް. ބަޓް އައި ވޯންޓު ސޭ ސަމްތިން. އަޅުގަނޑު އިސްތިއުފާއެއް ނުދެން. ބޯޑުގެ އެހެން މީހުން ދީފި. އިސްތިއުފާ ނުދީ މިހުރީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިސްޓަމް ރަނގަޅު ކުރެވޭނީ ސިސްޓަމްގެ ތެރެއިން،"
މި ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން ވަކި ކުރުމުގެ ބަދަލުގައި މި މައްސަލައާ ގުޅިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ދާއޫދުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.
މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ނަޒާހާ ވަނީ އެ މަގާމުން ދާއޫދު ވަކިނުކޮށްފިނަމަ އޭނާ ހުރި މަގާމުން އިސްތިއުފާ ދޭނެ ކަމަށް ބުނެފަ އެވެ. ޔޫތު އެޑްވައިޒަރީ ބޯޑުން ދާއޫދު ވަކިކުރުމުގެ ކުރިން އިސްތިއުފާ ދިނެވެ.
"މިއަދު ނަޒާ އިސްތިއުފާ ދީފިއްޔާ ނަޒާގެ މަގާމަށް އެހެން މީހަކު ލާނެ. ޔޫތުންނާއެކު މިހުރީ. ރިޒައިން ކުރާ ހިސާބުން އައި ކާންޓް ޑޫ އެނީތިން ފޯ ޔޫގައިޒް،" އޭނާގެ މަގާމުގެ ދިފާއުގައި ނަޒާހާ މުޒާހަރާގައި ބުންޏެވެ.
އެއާއެކު، މުޒާހަރާ ކުރަން ތިބި ޒުވާނުން ވަނީ ނަޒާހާގެ ވާހަކަތަކާ މެދު ހިތްހަމަނުޖެހި "ކަމަކު ނުދޭ، ކަމަދު ނުދޭ،" ކަމަށް ބުނެ އަޑުގަދަކޮށްފަ އެވެ. އަދި އޭނާގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ.
މި ހާދިސާ ހިނގިފަހުން ނަޒާހާ ވަނީ އޭނާ ހިންގާ "ދެނޯ" ޕޭޖު މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕޮޑްކާސްޓެއް ވެސް ގެނެސްދީފަ އެވެ. އޭނާ ފާހަގަވެފައިވަނީ ސޯޝަލް މީޑިއާގައީ ރައީސް މުއިއްޒުގެ ސިޔާސަތާއި އެމަނިކުފާނު ދިފާއު ކުރައްވައި ވާހަކަ ދައްކާ ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ