ޕާމާ އަށް ލަނޑު ނުޖެހުމުގައި އުޅެނީ ނަފްސާނީ ކަމެއް ޕާމާ އަށް ލަނޑު ނުޖެހުމުގައި އުޅެނީ ނަފްސާނީ ކަމެއް

ލަންޑަން (އޭޕްރީލް 26) - ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، ކޯލް ޕާމާ އަށް ލަނޑު ނުޖެހުމުގައި ދިމާވެފައި ވަނީ ނަފްސާނީ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
މި ސީޒަނުގައި ޕާމާ ކުޅުނު ފުރަތަމަ 23 މެޗުން 14 ގޯލު ޖެހި އެވެ. އެކަމަކު، އެންމެ ފަހުން ކުޅުނު 16 މެޗުގައި ވެސް ޕާމާގެ ފަރާތުން ގޯލެއް ފެނިފައިނުވެ އެވެ. އޭނާގެ ގޯލު ޖެހުމުގެ ފޯމު ދަށްވުމުން ވަރަށް ބޮޑަށް ކުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.
ލަނޑު ނުޖެހި ދިޔަ މުއްދަތުގައި ޕާމާ އަކީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ޝޮޓް ފޮނުވާލި ކުޅުންތެރިޔާ އެވެ. އެ ގޮތުން، ސްޓެޓިސްޓިކްސް އަށް ބަލާއިރު، ގޯލެއް ނުޖެހި ޕާމާ ވަނީ 41 ޝޮޓް ފޮނުވާލައިފަ އެެވެ.
"ޔަގީންކަމެއް މި އުޅެނީ ނަފްސާނީ ކަމަކާ ގުޅޭ ކަމެއް (ކޮންފިޑެންސް ދަށްކޮށް މި ފެންނަނީ) މިއީ، ޓެކްނިކަލް ނޫނީ ޓެކްޓިކަލް ކަމެއް ނޫން،" މަރެސްކާ ބުންޏެވެ.
"ކޯލް (ޕާމާ) އަކީ އަދިވެސް އެ 20 މެޗުން 14 ގޯލު ޖެހި ކުޅުންތެރިޔާ، ކޯޗަކަށް ހުރީ އެކަކު، މި ޓީމު ކުޅެމުން މި އަންނަނީ ހަމަ އެ ގޮތަށް. އޭނަ ވަށައިގެން އެއްވެސް ކަމެއް ބަދަލެއް ނުވޭ. ހަމައެކަނި މި ވަގުތުކޮޅަށް މެންޓަލީ އެ ހުރި ކަމެއް އޮތީ،"
އެވަޓަންއާ ދެކޮޅަށް މިއަދު ޗެލްސީން ކުޅޭ މެޗުގައި މަރެސްކާ އަށް ބެންޗަށް ނާދެވޭނެ އެވެ. އޭނާ ހުރީ އެއް މެޗުގެ ސަސްޕެންޝަނެއްގަ އެވެ.
ލީގުގެ ގަދަ ހަތަރެއްގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ މަރެސްކާ ބުނީ، ސީޒަނުގައި މިހާތަނަށް އައިއިރު އެ ޓީމު ފެއިލްވި ކަމަށް ބަޔަކު ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ސަބަބަކީ އަޅާކިޔަން ޖެހޭނީ ފާއިތުވި ދެ އަހަރު ޗެލްސީ އޮތް ހިސާބު ކަމަށާއި މި ސީޒަނުގައި ހޯދުނު ކުރިއެރުންތައް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ