އެސޯސިއޭޝަން ޗެމްޕިއަންޝިޕް؛ 200 މީޓަރު ދުވުން ރިއްފަތު އާއި އަހުނާ އަށް އެސޯސިއޭޝަން ޗެމްޕިއަންޝިޕް؛ 200 މީޓަރު ދުވުން ރިއްފަތު އާއި އަހުނާ އަށް

މިހާރު ކުރިއަށްދާ މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 200 މީޓަރު ރޭހުގެ އެއް ވަނަ ސާއިދު ސްޕޯޓްސްގެ އާދަމް ރިއްފަތު އާއި ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރު ހޯދައިފި އެވެ.
މާލޭ ސިންތެޓިކް ޓްރެކުގައި މިހާރު ކުރިއަށްދާ މުބާރާތުގައި، 200 މީޓަރު ރޭސް، ރިއްފަތު ކާމިޔާބުކުރީ، 22.59 ސިކުންތުން ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ހުސެއިން ޒީކް ސުއާދު 22.67 ސިކުންތުން ނިންމިއިރު، ތިން ވަނަ އަށް ދިޔަ ޝަރީފް ސްޕޯޓްސްގެ އަހުމަދު އަބްސަލް މުހައްމަދު ޖަލީލްގެ ޓައިމިން އަކީ، 22.98 ސިކުންތެވެ.
އަންހެނުންގެ 200 މީޓަރު ރޭހުގައި، އަހުނާ އެއް ވަނަ ހޯދީ 25.95 އިން ރޭސް ނިންމައިގެންނެވެ. ދެ ވަނަ ހޯދި އައްޑޫ އެތުލެޓިކްސްގެ ހައްވާ މުޒްނާ ފާއިޒް 26.57 ސިކުންތުން ނިންމިއިރު، ހަމަ އެ ޓީމުގެ އައިޝަތު ޝަބާ ސަލީމް ތިން ވަނަ ހޯދީ 26.65 އިން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ 1500 މީޓަރުން އެއް ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދު، 5 މިނިޓް 15.29 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔައީ، 5 މިނިޓް 38.12 ސިކުންތުން އެ ޓީމުގެ އައިޝަތު ބިންތި އަހުމަދު އެވެ. ތިން ވަނަ ހޯދީ އައްޑޫ އެތުލެޓިކްސްގެ އައިޝަތު ނައާދު އައްސަދު ވަޖުދީ އެވެ. ޓައިމިން އަކީ، 6 މިނިޓް 08.48 ސިކުންތުންނެވެ. ފިރިހެނުންގެ 1500 މީޓަރު ރޭހުގެ އެއް ވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބްގެ މުހައްމަދު ރަޝީދު (މޯޑު)ގެ ޓައިމިން އަކީ، 4 މިނިޓް 18.27 ސިކުންތެވެ. ދެ ވަނަ ހޯދި އެ ޓީމުގެ، ހުސެއިން ރިޒާ (ކުޑަ ރިޒާ)ގެ ޓައިިމިން އަކީ، 4 މިނިޓް 26.26 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިދު އަބްދުﷲ ރިފާއުގެ ޓައިމިިން އަކީ، 4 މިނިޓް 32.62 ސިކުންތެވެ.
މުބާރާތުގެ ފިރިހެނުންގެ 5000 މީޓަރުގެ އެއް ވަނަ ހޯދީ 16 މިނިޓް 41.94 ސިކުންތުން ނިންމި، ސިފައިންގެ ކްލަބްގެ މުހައްމަދު ޝިފާޒް އެވެ. އޭނާ ފަހަތުން އެ ޓީމުގެ މޯޑު ރޭސް ނިންމީ، ދެ ވަނައިގައި 17 މިނިޓް 37.85 ސިކުންތުންނެވެ. ތިން ވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މުހައްމަދު އަޔާން ޝަފީއުގެ ޓައިމިން އަކީ، 18 މިނިޓް، 19.41 ސިކުންތެވެ.
އަންހެނުންގެ 5000 މީޓަރުގެ ރޭސް ކާމިޔާބުކުރީ 20 މިނިޓް 13.45 ސިކުންތުން ނިންމި ސާއިދު ސްޕޯޓްސްގެ އައިޝަތު ޖިނާނީ އިބްރާހިމް އެވެ. ދެ ވަަނަ އަށް ދިޔައީ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ބިންތި އިބްރާހިމް އެވެ. އޭނާގެ ޓައިމިން އަކީ، 20 މިނިޓް 40.25 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔައީ، އެލީޓް ރަނާސް މޯލްޑިވްސްގެ އަނާން އަހުމަދު ރަޝީދު އެވެ. އޭނާގެ ޓައިމިން އަކީ، 23 މިނިޓް، 12.09 ސިކުންތެވެ.
ފިރިހެނުންގެ ލޯންގް ޖަމްޕުން އެއް ވަަނަ ހޯދީ 6.48 މީޓަރު ދުރަށް ފުންމި ސިފައިންގެ ކްލަބްގެ އީސާ ޝިފާއު އެވެ. އޭނާ ފަހަތުން ނިންމީ 6.20 މީޓަރު ނިންމި ރޭސާސްގެ ނުޖޫމް ހަަސަން އާއި ޒަފާން ހަސަން އެވެ. އަންހެނުންގެ ލޯންގް ޖަމްޕް އެއް ވަނަ ހޯދީ އައްޑޫ އެތުލެޓިކްސްގެ އައިޝަތު ޝައިމް އަޒީޒް އެވެ. އޭނާ ވަނީ 5.07 މީޓަރު ދުރަށް ފުންމައިފަ އެވެ. ދެ ވަނަ ހޯދި ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަންގެ މަރިޔަމް ރޫޔާ އަލީ ވަނީ 5.02 މީޓަރު ދުރަށް ފުންމައިފަ އެވެ. އަދި. ތިން ވަނަ ހޯދި ސާއިދު ސްޕޯޓްސްގެ ލާރާ މުރިއަލް ޑިއެކްމަން ވަނީ 4.36 މީޓަރު ދުރަށް ފުންމައިފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިއަށްދަނީ މާދަމާ ހަވީރުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ