ބިގޭ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް މޭޑޭގައި މަސައްކަތްތެރިންގެ ހައްގުގައި އާއި އެއިރެއްގައި އުނިވެފައި އޮންނަ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިހުތިޖާޖު ކުރާ ޕާޓީއެއް ކަމަށެވެ.
މަސައްކަތްތެރިންގެ ހައްގުގައި މޭ، 01 (މޭޑޭ) ގައި އިދިކޮޅު އެމްޑީޕީ އިން ބޮޑު ރެލީއެއް ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލިފުށި ދާއިރާގެ ރައީސް މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ މޭޑޭގައި މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލުމަށް ބާއްވާ ރެލީ އޮންނާނީ އެރޭ 20:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.ބިގޭ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް މޭޑޭގައި މަސައްކަތްތެރިންގެ ހައްގުގައި އާއި އެއިރެއްގައި އުނިވެފައި އޮންނަ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިހުތިޖާޖު ކުރާ ޕާޓީއެއް ކަމަށެވެ. މި އެއްވުމުގައި ހައްގުތައް ދިފާއު ކުރުމަށް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ސައްހީ ފަރުވާ ހޯދުމާއި، ބޭސް ނުލިބުމާއި އަދި ކަރަންޓު ލިބުމުގައި ވެސް މިހާރު ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. ސަރުކާރުގެ އަމަލުތަކާ ގުޅިގެން ވަޒީފާގެ މިނިވަން ގެއްލި، އާމްދަނީ ހޯދަން ވެސް ދަތިވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.އެހެންކަމުން މިފަދަ ކަންކަމުގެ ހައްގުގައި އަޑުއުފުލުމަށް ވީހާވެސް ގިނަބަޔަކު މި ރެލީގައި ބައިވެރިވުމަކީ އެޕާޓީގެ އެދުމެއް ކަމަށް ބިގޭ ވިދާޅުވި އެވެ.އެމްޑީޕީން ވަނީ މީގެ ކުރިން ވެސް މޭޑޭގައި ބޮޑެތި ރެލީތައް ބާއްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މޭޑޭގައި އެމްޑީޕީން ބޮޑު ރެލީއެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ