އާރުޑީސީގެ ޗެއާމަން ޝާމީ ވަކިކޮށްފި

ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޗެއާމަން އެ މަގާމުން މިއަދު ވަކިކޮށްފި އެވެ. 
ތަފްސީލް - ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ހާމަކުރި ގޮތުގައި އާރުޑީސީގެ ޗެއާމަނަކަށް ހުންނެވި މުހައްމަދު ޝާމީ އާދަމް، ހ. އެމޭޒާން ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ. އެގޮތުން އޭނާ ދެން ހުންނެވި: 
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑުގައި ވެސް އޭނާ އިންނަވާ؛ އެ ބޯޑުން ވެސް އޭނާ ވަނީ ވަކިކޮށްފައި 
ބުނީ ކީކޭ؟ - ޕީސީބީގެ ރައީސް މުހައްމަދު އަނަސް މިއަދު ވިދާޅުވީ އާރުޑީސީގެ ބޯޑުން އޭނާ ވަކިކުރީ ކުންފުނިތަކުގެ ބޯޑުތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ