މިއުނިކް (މެއި 11) - ހެރީ ކޭންގެ ގޯލަކާ އެކު، ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 2-0 އިން މޮޅުވެ، ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ ތަށި އުފުލާލައިފި އެވެ.
ބަޔާނުން ލީގު ޗެމްޕިއަންކަން ޔަގީންކުރީ މިދިޔަ ހަފްތާގަ އެވެ. ލީގުގައި ބާކީ މެޗެއް ބަޔާނަށް އޮއްވައި، އެ ޓީމަށް މި މެޗަށް ފަހު ތަށި ހަވާލުކުރީ، އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗު ކަމަށްވާތީ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބަޔާނަށް ލީޑުނަގައިދިނީ، 31 ވަނަ މިނިޓްގައި ކޭން ޖެހި ގޯލުންނެވެ. މިއީ، މި ފަހަރު ލީގުގައި ކޭން ޖެހި 25 ވަނަ ގޯލެެވެ. މެޗަށް ފަހު، ކޭންގެ ޕްރޮފެޝަނަލް ސީނިއާ ކެރިއަރުގައި ވީ 15 އަަހަރު ތެރޭ ފުރަތަމަ ތަށި ވަނީ އުުފުލާލައިފަ އެވެ.
މިދިޔަ ސީޒަނުގައި ޖަރުމަނުގެ ބަޔާނަށް ކޭން ބަދަލުވިއިރު، އެ ކްލަބުން މިދިޔަ 13 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ތަށްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުނެވެ. އެކަމަކު، މި ސީޒަނުގައި ބަޔާނުން ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅުން ރަނގަޅުކޮށް މި ވަނީ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދައި، ކޭންގެ ކެރިއަރުގެ ފުރަތަމަ ޓްރޮފީ ހާސިލްކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތުގައި ބަޔާންގެ ދެ ވަނަ ލަނޑު ޖަހައިދިނީ، ކްރިސްޓަލް ޕެލަސް ދޫކޮށް މި ސީޒަނުގައި ބަޔާނަށް ބަދަލުވި ފްރާންސްގެ މައިކަލް އޮލީސޭ އެވެ.
މި ސީޒަނަށް ފަހު، ބަޔާން ދޫކޮށްލަން ނިންމާފައިވާ ތޯމަސް މުލާ، އެ ކްލަބަށް 750 ވަނަ މެޗުގައި ކުޅުނުއިރު، އޭނާ އަށް މި މެޗުގައި ގޯލު ޖަހަން ތިން ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ލީގުގައި ބަޔާން ކުޅޭ ފަހު މެޗުގައި އަންނަ ހަފްތާގައި ރަށުންބޭރުގައި ކުޅޭނީ ހޮފެންހައިމްއާ އެވެ.
ޖަރުމަނު ފުޓްބޯޅައިގެ ވަރުގަދަ ބާރު، ލީގު ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ، ހެމްބާގް، ހަތް އަހަރަށް ފަހު، އަންނަ ސީޒަނުގެ ބުންޑަސްލީގާގައި (ޖަރުމަނު ލީގުގައި) ކުޅޭނެ އެވެ. ގިނަ މައްސަލަތަކެއްގައި ތާށިވެފައި އޮތް ހެމްބާގް، ޖަރުމަނު ލީގުން ރެލިގޭޓްވީ 2018 ވަނަ އަހަރު އެވެ.
ކޭންގެ ލަނޑަކާ އެކު މޮޅުވެ ބަޔާނުން ލީގު ތަށި އުފުލާލައިފި ކޭންގެ ލަނޑަކާ އެކު މޮޅުވެ ބަޔާނުން ލީގު ތަށި އުފުލާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ