މަންމައިންގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި އެވެ.ދުވަހުގެ ތަހުނިޔާ ހުރިހާ މައިންނަށް އަރިަސްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަންމައިންގެ ދުވަސް ހަނދާންކޮށްދެނީ އެންމެ އަގުހުރި ގުރުބާނީ، މައިވަންތަކަމުގެ ލޯބިކަމަށެވެ. ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިންކަމަށްވެސް ރައީސް ވިދާޅުވި އެވެ.މި އުފާވެރި ދުވަހުގެ ތަހުނިޔާ މަންމައިންނަށް ފޮނުވަނީ ހެޔޮ ދުއާތަކާއެކުކަމަށްވެސް ރައީސް ވިދާޅުވި އެވެ. މައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 11 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ