ހުޅުމާލޭގެ މީހުން ދިރިއުޅޭތާ 21 އަހަރު ފުރުން ފާހަގަކުރަން އެޗްޑީސީ އާއި ބައިކް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މައި ހުޅުމާލެ ސައިކްލިން ޗެމްޕިއަންޝިޕް މިދިއަ ހުކުރުދުވަހު ބާއްވައިފި އެވެ.
މި މުބާރާތުގައި 80 ބައިސްކަލު ދުއްވުންތެރިން ވާދަކުރި އެވެ.
ތިން ބަޔަށް ބަހާލައިގެން ކުރިއަށް ދިޔަ މުބާރާތުގައި ވަނަތައް ހޯދީ:
އަހުމަދު އިޒްޔާން އަބްދުﷲ ގާސިމް
މުހައްމަދު ޒާވީ މުޖުތަބާ
ސުމައްޔާ އަބްދުﷲ މުހައްމަދު
އާމިނަތު އާދަމް
މޫމިނާ މުހައްމަދު
ފާތިމަތު ނާއިލާ
ޔޫސުފް ހައްސާން
މުހައްމަދު މުހައިސިން
ޔަހުޔާ އަބްދުﷲ މުހައްމަދު
އަސްމާ ހަސަން
ލީނާ ހަމީދު
ޝާރުދާ ހަސަން ދީދީ
މާއިޒް ބިން މުސްތާގު
ހުސެއިން ހަލީމް (ކުޑަހުސެން)
މުހައްމަދު މައުރޫފް
ބައިކް މޯލްޑިވްސްއިން ބުނީ މިއީ ގަވައިދުން ބައިސްކަލް ދުއްވަން ނުކުންނަ މީހުންނަށް ރޭސްތަކުގައި ވާދަކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
މީހުންގެ މެދުގައި ބައިސްކަލް ބޭނުންކުރުމުގެ ލޯބި އަށަގަންނުވަން ބައިސްކަލް ދުއްވުމުގެ ވާދަވެރި މުބާރާތްތައް އިތުރުވާތީ، ބައިކް މޯލްޑިވްސްއިން ވަނީ އެޗްޑީސީއަށް ޝުކުރު އަދާކޮށްފަ އެވެ.
މި މުބާރާތުގެ އެއްވަނައަށް ދިޔަ ދުއްވުންތެރިންނަށް އިނާމު ދެއްވީ ޒުވާނުންނާ ބެހޭ މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އެވެ. ދެވަނައަށް ދިޔަ ދުއްވުންތެރިންނަށް އިނާމު ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެވެ. ތިން ވަނައަށް ދިޔަ ދުއްވުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެޗްޑީސީގެ ޑެޕިއުޓީ އެމްޑީ ފައްޔާޒު މަންސޫރު އެވެ.
މައި ހުޅުމާލެ ސައިކްލިން ޗެމްޕިއަންޝިޕް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ