ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން މިމަހުގެ 15 ގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޖުމުލަ ޚަރަދު ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށްވެފަ އެވެ.
މިއަހަރުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ރިކަރަންޓް ހަރަދު މިދިޔަ އަޅައިބަލާއިރު 4.5 އިންސައްތަ ދަށަށް ގޮސް، ޖުމްލަ ހަރަދު މިދިޔަ އަހަރާ އަޅައިބަލާއިރު 20.3 ޕަސެންްޓް ކުޑަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ހަރަދުކުރި މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން މިމަހުގެ 15 ގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޖުމުލަ ހަރަދު ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށްވެފަ އެވެ. އެގޮތުން، މިމަހުގެ 15 ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ބަޖެޓުން މި މުއްދަތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ 4.5 އިންސައްތަ ދަށް ޢަދަދެކެވެ.މި އަހަރު ދައުލަތުގެ ރިކަރަންޓް ހަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާ ޖުމުލަ ޢަދަދުގެ ތެރެއިން 59.2 އިންސައްތައަކީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ހަރަދުތަކެވެ. އެގޮތުން، އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ހަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 71.7 އިންސައްތައިން ދަށްވެ، އިދާރީ ހިންގުމުގެ ހަރަދުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ރެކޯޑުކޮށްފައިވަނީ 7.0 ބިލިއަން ރުފިޔާ އެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތަކަށް ހިނގާފައިވާ ހަރަދަށްވުރެ 10 އިންސައްތަ ދަށް އަދަދެކެވެ.މީގެއިތުރުން ސަރުކާރުންދޭ އެހީއާއި އިޝްތިރާކާއި ސަބްސިޑީޒްއަށް މި އަހަރުގެ ތެރޭގައި ކޮށްފައިވާ ހަރަދު މި ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 4.9 ޕަސެންޓް ދަށްވެފަ އެވެ. ސަރުކާރުންދޭ އެހީއާއި އިޝްތިރާކާއި ސަބްސިޑީޒްއަށް މި އަހަރުގެ މިހާތަނަށް ހިނގާފައިވާ ޖުމުލަ ހަރަދުގެ 35.6 އިންސައްތަ އަކީ އާސަންދަ ފިޔަވައި ދައުލަތުން ފޯރުކޮށްދޭ އެހެނިހެން ސަބްސިޑީތަކަށް ކޮށްފައިވާ ހަރަދެވެ.
މި އަހަރުގެ ތެރޭގައި ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުން 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ސަބްސިޑީތަކަށް ހޭދަކޮށްފައިވާ މިންވަރަށްވުރެ 23.7 އިންސައްތަ ދަށް އަދަދެކެވެ. އާސަންދަ ފިޔަވައި އެހެނިހެން ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުންކޮށްފައިވާ ހޭދަ ދަށްވި ނަމަވެސް، އާސަންދައަށް މި އަހަރުގެ ތެރޭގައި ހިނގާފައިވާ ހަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 24 އިންސައްތައިން ވަނީ އިތުރުވެފަ އެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 829.4 މިލިއަން ރުފިޔާ އާސަންދަ އަށް ވަނީ ހޭދަކޮށްފަ އެވެ.ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދުގެ 23.7 އިންސައްތަ، ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވީ ނަމަވެސް، މި އަހަރުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކުރުމަށް ފިނޭންސް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއެކު، މިދިޔަ އަހަރާ އަޅައިބަލާއިރު ކެޕިޓަލް ހަރަދު ވަނީ 71.3 އިންސައްތައިން ދަށްކުރެވިފަ އެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ ދައުލަތުގެ ޖުމުލަ ހަރަދުގެ 8.5 އިންސައްތަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހަރަދު ކުޑަ ކުރުން ނަތީޖާއާ ހަމައަށް | ރިކަރަންޓް ހަރަދު 4.5% ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ