އަކްޝޭ މި އުޅެނީ ޗާލީ ޗަޕްލިންގެ ފޮޓޯ ޖީބަށް ލައިގެން

މި އަންނަ މަހު ރިލީޒްކުރާ ފިލްމު "ހައުސްފުލް 5"ގެ އެކްޓަރު އަކްޝޭ ކުމާރު އަބަދުވެސް އުޅެނީ މަޝްހޫރު އިނގިރޭސި ކޮމިކް އެކްޓަރު ޗާލީ ޗަޕްލިންގެ ފޮޓޯ، ޖީބުގައި އޮންނަ ވޮލެޓުގައި ބާއްވައިގެން ކަމަށް ބުނެފިއެވެ. ފިލްމު "ހައުސްފުލް 5"ގެ ޓްރެއިލާ ލޯންޗުކުރި ހަފުލާގައި އެ ފޮޓޯ މީޑިއާ ރިޕޯޓަރުންނަށް ދައްކާލުމަށްފަހު އަކްޝޭ ބުނެފައި ވަނީ، ހެއްވާ މަޖާ ފިލްމުތައް ކުޅެން ހިތްވަރު ލިބެނީ ކުރީގެ މަޝްހޫރު ކޮމިކް އެކްޓަރު ޗާލީ ޗަޕްލިންގެ ފިލްމުތަކުން ކަމަށާއި ޗާލީގެ ފޮޓޯއެއް ވޮލެޓުގައި ނޯންނަ ހަނދާނެއް ނުވާ ކަމަށެވެ. ފިލްމު "ހައުސްފުލް 5"އަކީ ކޮމެޑީގެ ކެޓެގަރީތެރޭ ހިމެނޭ 'ސްލެޕްސްޓިކް' ކޮމެޑީގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށާއި އެ ކެޓަގަރީގެ ކޮމެޑީ ފިލްމުތަކަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. ފިލްމު "ހައުސްފުލް 5"ގެ ކާސްޓުންގެތެރޭ ހިމެނޭ ކޮންމެ އެކްޓަރަކީ ވެސް ކޮމެޑީ ފިލްމުތައް ކުޅެން ކުޅަދާނަ އެކްޓަރުން ކަމަށާއި މި ފިލްމުން އެކްޝަން ކޮމެޑީ ވެސް ބެލުންތެރިން ތަޖުރިބާކުރާނެ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. ފިލްމު "ހައުސްފުލް 5"ގެ ޕޯސްޓަރެއް--ފޮޓޯ/މިޑްޑޭ ޗާލީ ޗަޕްލިންގެ ޝަރަފުގައި 1972ވަނަ އަހަރުގެ އޮސްކާ އެވޯޑު ހަފުލާގައި 12 މިނެޓުގެ ސްޓޭންޑް އޮވޭޝަންއެއް އެކްޓަރަށް ދިން އިރު އެއީ މިހާތަނަށް ބެލުންތެރިންގެ ހިތުން ފޮހެވިގެން ނުދާ ނަމެއް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. ސާޖިދު ނަދިއަދުވާލާގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކުރާ "ހައުސްފުލް 5"ގެ ކާސްޓުންގެތެރޭ ރިތޭޝް ދޭޝްމުކް، އަބީޝެކް ބައްޗަން، ސަންޖޭ ދަތު، ޝްރެޔަސް ތަލްޕަޅޭ، ޖެކްލީން ފެނާންޑެޒް، ނަރުގިސް ފަޚުރީ، ފަރުދީން ޚާން، ނިތިކިން ދީރް، ރަންޖީތު، ޖޯނީ ލީވާ، ނާނާ ޕަޓޭކަރް، ޖެކީ، ޝްރޮފް، ސޯނަމް ބަޖްވާ، ސަންޖޭ ދަތު، ސައުންދަރިއާ ޝަރުމާ، ޗަންކީ ޕާންޑޭ، ޗިތުރަންގަދާ ސިންގް އަދި ޑީނޯ މޯރިއާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ