ކަނޑަށް ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވައި ހޯދައިފި

ކ. މާފުށި ކައިރި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް ޑައިވިނަށް ފޭބި ފަތުރުވެރިޔާ މަރުވެފައި އޮއްވައި ކޯސްޓްގާޑުގެ ޑައިވަރުން މިއަދު ހަވީރު ހޯދައިފިއެވެ. ކަނޑޫމާ ތިލަ ކައިރިއަށް މިއަދުގެ ހެނދުނު ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. ގެއްލިގެން ހޯދަމުންދިޔައީ ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. ދެންމެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އެމްއެންޑީއެފްއިން ބުނީ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 17:17 ހާއިރު ފަތުރުވެރިޔާ ނަގާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ފަތުރުވެރިޔާ ވަނީ މަރުވެފައެވެ. https://x.com/MNDF_Official/status/1933513270218101183 ޑައިވިންއަށް ދާ މީހުން ގެއްލިގެން މީގެ ކުރިން ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ގައުމަކަށްވާއިރު ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑު އަޑީގެ މަންޒަރުތައް ބަލައިލަން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ލައްކަ ފަތުރުވެރިންނެއް ރާއްޖެއަށް ޒިޔާރަތްކުރެއެވެ. މި އަހަރު ވެސް އަހަރު ދެބައިނުވަނީސް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ