މިރޭ ދަންވަރު 2 ގެ ފަހުން 30 ވަރަކަށް މިނެޓަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ހިދުމަތްތައް މެދުކެނޑިދާނެ ކަަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ، މެއިންޓެނެސް މަސައްކަތެއް ކުރަމުން ދާތީ މިރޭ ދަންވަރު 2:00 އިން ފަތިހު 5:00 އާ ދެމެދު 30 ވަރަކަށް މިނެޓަށް ބޭންކުގެ ބައެއް ހިދުމަތްތައް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެ ވަގުތު ހިޔާރުކޮށްފައި ވަނީ އެއީ ބޭންކްގެ ހިދުމަތް އެންމެ މަދުން ހޯދާނެ ވަގުތު ކަމަށް ބަލާފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އެގޮތުން އެ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް ހިދުމަތް ލިބުމުގެ ދަތިތައް ކުރިމަތި ވާނީ އިންޓަނެޓް ބޭންކިން، ވެބްސައިޓް، ޕީއޯއެސް މެޝިން، އޭޓީއެމް، ޕޭމަންޓް ގޭޓްވޭއަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެ އިތުރުން ކާޑުގެ ހިދުމަތް، އަދި ޑޮލަރު ބުކިން ޕޯޓަލް އަށް ހުރަސް އެޅިދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
މެއިންޓެނެސް މަސައްކަތަށް ހިދުމަތް މެދުކެނޑުމުން ކަސްޓަމަރުން ދިމާވެދާނެ ދަތިތަކަށް މއާފަށް އެދޭ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
މިރޭ ދަންވަރު 2 ގެ ފަހުން 30 މިނެޓަށް ބީއެމްއެލްގެ ހިދުމަތްތައް މެދުކެނޑިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ