ބޮޑީބޯޑިން އެސޯސިއޭޝަން އޮފީހުން ވައްކަންކޮށްފި ބޮޑީބޯޑިން އެސޯސިއޭޝަން އޮފީހުން ވައްކަންކޮށްފި

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އޮފީހުން ވައްކަންކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އެމްބީބީއޭ އިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގަލޮޅު ޔޫތު ސެންޓަރުގައި ހުންނަ އެ އެސޯސިއޭޝަނުގެ އޮފީސް އިމާާރާތް ފަޅާލައި، ރޭގެ ވަގުތެއްގައި ވައްކަންކޮށްފައިވާ ކަމަށެވެ.
"ގަލޮޅު ޔޫތް ސެންޓަރުގައިހުރި އެމްބީބީއޭ. އޮފީސް އިމާރާތް ފަޅާލައި 23 ޖޫން ވަނަ ދުވަހުގެ ދަންވަރާއި ހެނދުނާ ދޭތެރޭ ވަނީ ވައްކަން ކޮށްފަ އެވެ. ޑެލް އިންސްޕިރޯން 15” ލެޕްޓޮޕް ، ލެނޯވޯ 4 ޓެބްލެޓް ، 2 ހާޑް ޑިސްކް، ސެމްސަންގް ފޯނެއް އަދި އެނޫންވެސް ބައެއް ސާމާނު ވަނީ ގެންގޮސްފަ އެވެ،" ބޮޑީބޯޑިން އެސޯސިއޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.
އެމްބީބީއޭ އިން ވަނީ އެ އެސޯސިއޭޝަން ފަަޅާލައި، ވަގަށް ގެންގޮސްފައިވާ ތަކެތި، ވިއްކުމަށާއި އެ ނޫން ވެސް ގޮތަަކަށް ދައުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން، މި ހުރިހާ ކަމެއް ވީހާ ވެސް ގިނަ ބަޔެއްގެ ސަމާލުކަމަށް ގެނެސް، މި ކަމުގެ މައުލޫމާތު އެގިލައްވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް ދެ ނަމްބަރަކަށް ގުޅުމަށް ބޮޑީބޯޑިން އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ގޮތުން، މި ކަމާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތަކުން، 9666918، 9499553، މީގެ ތެރެއިން ނަމްބަރަކަށް ގުޅުމަށް ބޮޑީބޯޑިން އެސޯސިއޭޝަނުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ