މާލޭ ބާޒާރުގައި ލުނބޯކިލޯއެއްގެ އަގު 125 ރުފިޔާއަށް އަރައިފިއެވެ.
މާލޭ ބާޒާރުމަތީ ފިހާރަތަކާއި، ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ލުނބޯގެ އަގު ހުރި ގޮތަށް ބަލާއިރު، ބާޒާރުމަތީ ފިހާރަތަކުގައި ލުނބޯ ކިލޯއެއްގެ އަގު ހުރީ 100 ރުފިޔާ އާއި 125 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ގިނަ ފިހާރަތަކުން ލުނބޯ ކިލޯއެއް ލިބެންހުރީ 125 ރުފިޔާއަށެވެ. ނަމަވެސް ދަތުރުވެރިންގެ މާރުކޭޓުގެ ބައެއް ގޮޅިތަކުގައި ލުނބޯ ކިލޯއެއް 75 ރުފިޔާއަށްވެސް ލިބެން އެބަހުއްޓެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މާލޭ ބާޒާރުގައި މުޅިން ކަހަލަގޮތަށް މިހާރު ހުރީ ވިއެޓްނާމް ލުނބޯއެވެ. ބާޒާރުގައި އިންޑިއާ ލުނބޯ ހުރީ ވަރަށް މަދުންނެވެ.
ބާޒާރުގައި ލުނބޯގެ އަގު މިއަދު 125 ރުފިޔާގައި ހުރިއިރު، މީގެ ދެހަފްތާއެއްހާ ދުވަސްކުރިން އެންމެ އަގުބޮޑުވެގެންވެސް ލުނބޯ ކިލޯއެއް 70 ރުފިޔާއަށް ލިބެން ހުއްޓެވެ. ގޮޅިތަކުން ވާހަކަދެއްކި ބައެއް ބިދޭސީން ބުނީ، ލުނބޯގެ އަގު ބޮޑުވެގެން އުޅެނީ ލިބުން ދަތިވުމުގެ އިތުރުން ބޭރުން އެއްޗެހި ގެނައުމަށް ޑޮލަރު ގަންނަ އަގުވެސް ބޮޑުވުމުން ކަމަށެވެ.
ބާޒާރުމަތީ ފިހާރައަކުން ދުވާރުމަތީ ވިއްކަން ބަހައްޓާފައިހުރި ތަރުކާރީގެ ބައެއް ބާވަތްތައް... ފޮޓޯ: ވޮއިސް
މާލޭ ބާޒާރުގައި މިދިޔަ އަހަރުގެ އޮގަސްޓްމަހު ލުނބޯ ކިލޯއެއްގެ އަގު 140 ރުފިޔާއަށްވެސް އަރައިގެންދިޔައެވެ. އެފަހަރު ލުނބޯގެ އަގު އުފުލިގެންދިޔައީ މޫސުންގޯސްވުމާއެކު ކަނޑުމަގުން ލުނބޯ ގެނައުމުގައި ދަތިތަކެއް ހުރުމުންނެވެ.
ލުނބޯ ހިމެނެނީ ދިވެހިން އާއްމު ދިރިއުޅުމުގަައި އެންމެ ގިނައިން ބޭނުންކުރާ އެއްޗެހީގެ ތެރެއިންނެވެ. ދިވެހިންނަކީ ކާބޯތަކެތި ހެދުމުގައި އާއްމުކޮށް ލުނބޯ ބޭނުންކުރާ ބައެކެވެ.
ބާޒާރުގައި ވިއެޓްނާމް ލުނބޯ، އެކި އަގުތަކުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ