އީއައިއޭ ނުހަދާ 21 އިންޖީނުގެ އަޅައިގެން ފެނަަކު 4.2 މިލިއަނުން ޖޫރިމަނާކޮށްފި

އީއައިއޭ ފުރިހަމަ މނުކޮށް ރާއްޖޭގެ 21 ރަށެއްގެ އިންޖީނުގެ އެޅި މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަން 4.2 މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފި އެވެ.
އީޕީއޭއިން މިއަދު ބުނީ ފެނަކަ އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫއު މަސައްކަތް ފެށުމުން އެ މައްސަލަ އެ އެޖެންސީން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރި މައުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލު ކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމުން އީއައިއޭ މަރުހާލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫއު އެ ކުންފުނިން ފަށާފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށާއި ކުރިންވެސް ފެނަކައިން ތިމަވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދާ ހަ ފަހަރަށް ހިލާފުވެގެން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.އީޕީއޭއިން ބުނީ ފެނަކައިން އީއައޭ ފުރިހަމަ ނުކޮށް 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމާއި ގުޅިގެން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ އަކުރު (ހ) ރިޢާޔަތްކޮށް އެ 4,200,000.00 ރ ފެނަކަ ޖޫރިމަނާ ،ކޮށްފައިވާ ކަމަށެވެ. އަދި އެ ޖޫރިމަނާ އަށްވާ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދައްކަން އަންގާފައިވާ ކަމަށެވެ.މީގެ އިތުރުން އެ ކުންފުނިން ކުރިޔަށްގެންދާ މަޝްރޫޢުތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް މަރުޙަލާތަށް ފުރިހަކުރުމަށްފަހު ކުރިޔަށް ގެންދަން އަންގާފައިވާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ