ކުރީގެ މެމްބަރު ސިނާން އެމްޑީޕީއަށް ސޮއިކޮށްފި

މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ސިނާން އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވާ ސިނާން އެމްޑީޕީއަށް ސޮއިކޮށް، ފޯމް ހަވާލުކޮށްފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލިސް ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ސިނާން ހިމެނެއެވެ. އަދި އެ ސަރުކާރުގައި ބަންދުކޮށް، ސިޔާސީ ގޮތުން ދައުވާތައް ކުރި ބޭފުޅުންގެ ތެރޭގައިވެސް ސިނާން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ