މޯލްޑިވިއަނުން އިއްތިހާދު އެއާވޭސްއާއެކު އެއްބަސްވުމަކަށް

ގައުމީ އެެއާލައިން، މޯލްޑިވިއަން އިއްތިހާދު އެއާވޭސްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ މި އެއްބަސްވުމާ އެކު ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި މޯލްޑިވިއަންގެ 17 މަންޒިލަކަށް ދަތުރު ކުރަން، އިއްތިހާދުން ދަތުރު ކުރާ މީހުންނަށް ފަސޭހަވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވިއަން ކޮމާޝަލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އިއްތިހާދު އެއާވޭސް އިން ފަސޭހަކަމާ އެކު މޯލްޑިވިއަންގެ ދަތުރުކުރާ މަންޒިލްތަކަށް ވެސް ދެވޭނެ ކަމަށެވެ.
އިއްތިހާދު އެއާވޭސްގެ ޗީފް ރެވެނިއު އޮފިސަރު އެރިކް ޑޭ ވިދާޅުވީ، އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް އެތެރޭގެ ދަތުރުތައް ކުރުމުގައި މިހާރަށް ވުރެ ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
މޯލްޑިވިއަން އިން މީގެ ކުރިން އެމިރޭޓްސްއާއެކު ވެސް އެފަދަ އެއްބަސްވުމެއް ހެދިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ