ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެގޮތުން އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ މެންދުރު 01:00 އިން އިރުއޮށްސި 06:00 އާ ހަމައަށެވެ.
އެލާޓް ނެރުމަށްފަހު މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ސަމާލު ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު މޫސުން ގޯސްކޮށް އުޅޭތީ މެޓް އޮފީހުން މޫސުމާ ބެހޭ އެލާޓްތައް ނެރެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ