ރޮނާލްޑޯ ރުޅިހެދީ ބެންޒެމާގެ ޑީލާ ހެދި: ރިޕޯޓް ރޮނާލްޑޯ ރުޅިހެދީ ބެންޒެމާގެ ޑީލާ ހެދި: ރިޕޯޓް

ރިޔާދު (ފެބްރުއަރީ 3) - އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ހިތްހަމަނުޖެހިގެން މި ހަފްތާގެ މެޗުގައި ނުކުޅުނީ، އަލް އިއްތިހާދުގައި ހުރި ފްރާންސް ފޯވާޑް، ކަރިމް ބެންޒެމާ ހިލޭ ޓްރާންސްފާއެއްގައި އަލް ހިލާލް އަށް ސޮއިކުރި ޑީލުގައި ސައުދީން ކްލަބްތައް ހިންގާ ގޮތާ މެދު ނުރުހިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސައުދީ ޕްރޯ ލީގުގެ ކްލަބްތައް ހިންގުމުގައި ފައިނޭންސް ހަމަޖެއްސުމުގެ ކަންކަން އޮންނަނީ، ސައުދީ އަރަބިއްޔާގެ ޕަބްލިކް އިވެންޓްސްމަންޓް ފަންޑް (ޕީއައިއެފް)އާ ގުޅިފަ އެވެ. އަލް ނަސްރާއި އަލް ހިލާލް ވެސް ހިންގުމުގައި އެންމެ ބޮޑަށް އިންވެސްޓް ކުރަނީ، ޕީއައިއެފް އިން ދޭ ބަޖެޓެވެ.
ސައުދީ އަރަބިއްޔާގެ ވަރުގަދަ ހަތަރު ޓީމު، އަލް ނަސްރު، އަލް ހިލާލް، އަލް އަހްލީ އަދި އަލް އިއްތިހާދު ހިންގުމުގައި ބަޖެޓްގެ ބޮޑު އިންސައްތަ އެއް ދެނީ، ޕީއައިއެފް އިންނެވެ. އެކަމަކު، މި ކްލަބްތަކުން އެއް ޓީމުން އަނެއް ޓީމަށް ކުޅުންތެރިންގެ ޓްރާންސްފާ ކަންކަމެއް ނުހިނގަ އެވެ. އެހެން ނަމަވެސް، އަލް އިއްތިހާދުގައި ހުރި ބެންޒެމާ މި ވަނީ ހިލޭ ޓްރާންސްފާއެއްގައި އަލް ހިލާލް އަށް ސޮއިކޮށްފަ އެވެ. ބެންޒެމާއާ އެކު، އަލް ހިލާލް މި ވަނީ އިތުރަށް ވަރުގަދަވެގެން ގޮސްފަ އެވެ.
މިދިޔަ އަހަރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަލް ނަސްރާ އެކު ސޮއިކުރި ރޮނާލްޑޯ، އަލް ރިޔާދާ އެކު، އަލް ނަސްރުން ކުޅޭ މެޗުގައި ކުޅެވެން ނެތްކަން އެންގުމާ އެކު، ގިނަ މީޑިއާތަކުން ވަނީ އެ ވާހަކަ ރިޕޯޓްކޮށްފަ އެވެ. އަލް ނަސްރުގެ އޮފިޝަލަކާ ހަވާލާދީ ސައުދީ މީޑިއާގައި ރިޕޯޓްކޮށްފައިވަނީ، ރޮނާލްޑޯ މެޗުގައި ނުކުޅެނީ ފިޓްނަސް ނޫނީ އަނިޔާގެ ކަމަކާއެއް ނޫން ކަމަށާއި އަމިއްލަ ސަބަބަކާ ހެދި ކަމަށެވެ.
ބީބީސީ އާއި ސްޕެއިން އަދި އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯ ވަނީ، އަލް އިއްތިހާދާއި އަލް ހިލާލުން ބެންޒެމާގެ ޑީލް ކުރިއަށްގެންދިޔަ ނުދީ އޭގެ ތެރެއަށް އަލް ނަސްރުން ވަންނަން ވެސް ލަފާދީފަ އެވެ. އެކަމަކު، ޕީއައިއެފް އިން ކްލަބްތަކާ އެކު ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން ކަންކަން ކުރުމަށް އަލް ނަސްރުން ބެންޒެމާ ޑީލަށް ނުވަދެ އެވެ. އެންމެ ފަހުން، ރޮނާލްޑޯ ނިންމީ މެޗު ބޮއިކޮޓްކުރުމަށެވެ.
އަލް ހިލާލްއާ އެކު ބެންޒެމާ ސޮއިކުރީ އެއް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ