އުރީދޫން 50،000 ކަސްޓަމަރުންނަށް ޓެމޫން 100 ޑޮލަރުގެ ޑިސްކައުންޓް ދެނީ

އުރީދޫން ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރިކުރާ ޕޯޓަލް ކަމަށްވާ ޓެމޫއާ އެކު ޕާޓްނަޝިޕެއް ހަދައިފި އެވެ.
ތަފްސީލް - މި އެއްބަސްވުމުގެ ދަށުން، އުރީދޫ އެޕް މެދުވެރިކޮށް 100ރ. ހޭދަކޮށްގެން 50،000 ކަސްޓަމަރުންނަށް، ކޮންމެ މީހަކަށް 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗަރު ބަންޑްލްއެއް ލިބޭނެ އެވެ.
އުރީދޫގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ކޫޕަންތަކުގެ ހާއްސަ ބަންޑަލް އުރީދޫ އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެ އެވެ.
މި އޮފާއާ އެކު ޒަރޫރީ ސާމާނާއި ހަދިޔާތަކާއި ގޭތެރެ ޒީނަތްތެރި ކުރުމާއި ޕާސަނަލް އައިޓަމްތައް ގަންނަން ފަސޭހަ އަދި އަތްފޯރާ ފަށުގައި ގަނެވޭނެ އެވެ.
ބުނީ ކީކޭ؟ - "ގިނަ ދިވެހިން އޮންލައިން ޝޮޕިންއަށް މިސްރާބު ޖަހާފައިވާއިރު، އުރީދޫ މޯލްޑިވްސްގެ ވެލިއު އެޑެޑް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފައިދާތަކެއް ހޯދައިދީ، އެ މީހުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި އެވެ.
"ޓެމޫއާ އެކު މި ޕާޓްނަޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށް އެޅުނު އިތުރު ފިޔަވަޅަކަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ