ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި ހުރި ދަތިތައް ހައްލުކުރުމަށާއި ޚިދުމަތްތައް ޑިޖިޓަލްކުރަން، 'ކުރި' ނަމުގައި ޕޯޓަލެއް

ސަރުކާރުގެ ޚަރަދުގައި އެކި ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި ހުރި ދަތިތައް ހައްލުކުރުމަށާއި އެ ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް، 'ކުރި' ނަމުގައި މިއަދު ޕޯޓަލެއް އިފްތިތާހުކޮށްފިއެވެ. ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި ލަސްވާ ކަމުގެ ޝަކުވާތައް ދޭތެރެއަކުން ފެންމަތި ވަނިކޮށް، އެ ޕޯޓަލް މިއަދު އިފްތިތާހުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. އެ ރަސްމިއްޔާތުގައި ހައިދަރު ވިދާޅުވީ، ސަރުކާރު ހަރަދުގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދެމުންދާ ސްކޮލަޝިޕުތަކާއި ލޯނު ދޫކުރުމުގައި މިހާތަނަށް ބޮޑެތި ތަކުލީފުތަކެއް އުފަލަން ޖެހިފައިވާ ކަމަށެވެ. ދަރިވަރުންގެ މައްސަލަތަކަށް ހައްލު ގެނައުމަށް ކުރި ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަންގެ އިސްވެރިން ---- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ކަންކަން ނިންމުމުގައި ލަސްތައް ކުރިމަތިވުމާއި ނިޒާމުގައި ހުރި 'ބަލިކަށި' ކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރައި، ގިނަ ގޮންޖެހުންތަކާ ކުރިމަތިވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއަދު ޕޯޓަލް ތައާރަފުކުރީ، އެ ހުރިހާ މައްސަލައަކަށް ދާއިމީ ހައްލެއް ގެނައުމަށް ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ. އެ ޕޯޓަލަކީ، މަތީ ތައުލީމުގެ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. އެގޮތުން، އެއީ، ތައުލީމީ ދާއިރާގައި ކުރެވޭ މަސައްކަތްތައް ޒިންމާދާރު ކަމާ އެކީގައި، ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބޭނެ ލުއި ފަސޭހަ ހައްލަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ނިޒާމުގެ ތެރެއިން ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދޭ، އިތުބާރުހުރި އަދި ހަލުއި ތައުލީމީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައި. ކުރި ނިޒާމަކީ ދަރިވަރުންނަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއްހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ޕޯޓަލުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަ ކުރުން އަވަސްވެ، ލަސްވުމެއް ނެތި ފައިސާ ދޫކުރަން މަގުފަހިވާނެއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ --- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އޭގެއިތުރަށް، ފައިސާގެ މުއާމަލާތްތައް ހުރި ހިސާބު ދަރިވަރުންނަށް އެ ޕޯޓަލުން ވަގުތުން ބަލައިލެވޭއިރު، އެކި ސްކޮލަޝިޕުތަކާއި ފަންޑިން ސްކީމުތަކަށް ޝަރުތު ހަމަވޭތޯ ބެލުމުގައި ހޭދަވާ ދިގު މުއްދަތު ކުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރި ޕޯޓަލަކީ، ދައުލަތުގެ ބަޖެޓުގައި ތައުލީމަށް އެންމެ މަތީ ދަރަޖައިގެ އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތެއް ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މާލީ ހުރަސްތަކެއްގެ ސަބަބުން އެއްވެސް ދަރިވަރެއްގެ ކިޔެވުން ނުގެއްލޭކަން ކަށަވަރުކުރުން ކަމަށެވެ. ދަރިވަރުންގެ މާލީ ދަތިތަކާއި އެހެނިހެން ޝަކުވާތަކަށް ނިމުން ގެނައުމަށް ޕޯޓަލެއް ތައާރަފުކުރިއިރު، ސަރުކާރުގެ ޚަރަދުގައި ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި، އެ ކުދިންގެ ޝަކުވާތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި މިދިޔަ އޮކްޓޯބަރު މަހު ނިންމަން ބުނި ޚާއްސަ މޮބައިލް އެޕްލިކޭޝަން، އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ނުނިމި އޮއްވައި އަލުން އާ މުއްދަތެއް ވަނީ ދީފައެވެ. https://sun.mv/213665 'ސަން'އިން ސުވާލުކުރުމުން މިދިޔަ ނޮވެންބަރުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ އެޕުގެ ޓެސްޓިން މަރުހަލާގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަހު އެޕުގެ މަސައްކަތް ނިމޭނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ