ހޯރަފުށީގެ އެމްޑީޕީގެ ޒުވާން ސަޕޯޓަރުން ކުލަ ބަދަލުކޮށްލި ފާރު!

ހއ.ހޯރަފުށީގެ އެމްޑީޕީގެ ސަޕޯޓަރުން ކުރިން ޕީއެންސީ ނިސްބަތްވި ޕީޕީއެމްގެ ފިޔާތޮށި ކުލަ ލާފައި ހުރި ފާރެއްގެ "ކުލަ" ބަދަލުކޮށްލާތަން ދައްކާލައިފި އެވެ. އެެއީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އޭރުގެ ޕީޕީއެމް/ޕީއެންސީން ބޭނުންކުރި "ދިވެހީންގެރާއްޖެ" ލޯގޯ ޖަހާފައި ހުރި ފާރެކެވެ.ހޯރަފުށީގެ އެމްޑީޕީ ސަޕޯޓަރުން ވަނީ އެ ފާރުގައި ރީނދޫ ކުލަ ލައި، މިފަހަރުގެ ކެމްޕޭން ސްލޯގަން ކަމަށްވާ "ހޭވައްލާ ތައްޔާރު" ވަރަށް ރީތިކޮށް ޖަހައިފަ އެވެ. އެ މަންޒަރުތައް ފެންނަ ވީޑިއޯއަށް އަޅާފައި ވަނީ އަބްދުﷲ ހަސަންގެ ގައުމީ ލަވަ "މާޒީގެ އުޖާލާ މަންޒަރުތައް" އެވެ.ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޓޭޓުން ނަކީ "ގަދަ ދިހައެއް" ގޮތުގައި ހޯރަފުށީ ގިނަ ރައްޔިތުން އަންނަނީ ބުނަމުން ނެވެ. ކައުންސިލް އިންތިހާބަށް ނިކުތް އެމްޑީޕީގެ ޓީމާއި ގުޅޭ ގޮތުން އެ ރަށު ޒުވާނަކު ބުނީ ހޯރަފުށީ ރައްޔިތުންނަށް ހިދުމަތް ކުރަން މާލޭ ރަށްވެހިންނެއް ބޭނުމެއް ނޫން ކަމަށާއި ހޯރަފުށްޓަށް ބޭނުންވަނީ ހޯރަފުށި ދެކެ ލޯބިވާ، ރަށު ވަންތަ ރޫހުގައި މަސައްކަތްކުރާ، "މޫސުމީ ނޫން" ހޯރަފުށި ދަރިން ކަމަށެވެ."ހޭވައްލާ ތައްޔާރަށް މިތިބީ މި ޓީމް ހޮވަން ތައްޔާރަށް، މީ އިންތިހާބުގެ ގަދަ ދިހަ އެއް، ވަޒީފާގެ ބިރަށް، ފައިސާގެ ނުފޫޒައް، މި އަޒުމެއް ނުގުޑާނެ، އަޅުގަނޑުމެން މި ނިކުންނަނީ ފަހި ދިރިއުޅުމަކަށް، ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދޭން، ލޯކަލް ކައުންސިލް އަދި ޑަބުލިއުޑީސީ އިންތިހާބު އެންމެންގެ ވޯޓު ތިލަފަތަށް ދޭން" ޖޯޝުގައި ހިތާ ރޫހުން މަސައްކަތް ކުރާނެ ކަމަށް ބުނެ އެ ޒުވާނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ