ޢީދަށް މާލެ ދިއްލުމުގެ މަސައްކަތް ފަށައިފި

މި އަހަރުގެ ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން މާލޭ ސަރަހައްދު ދިއްލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ފިތުރު ޢީދު ފާހަގަކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީން އިސް ނަގައިގެން ކުރިއަށްގެންދާ ހަރަކާތެއްގެ ދަށުން މިރޭ ވަނީ މާލޭގެ ސަރަހައްދުތައް ދިއްލަން ފަށާފައެވެ. ޢީދު ދުވަސްތަކުގައި ގިނަ ރަށްތަކުގައި ކުލަ ބޮކިތައް ދިއްލައި، ކުލަގަދަކޮށް ޢީދު ފާހަގަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްކަންދެއްވާ ކަމެއް ކަމުގައި ފާހަގަކުރައްވާފައިވާ ކަމެކެވެ. ހުޅުމާލެއިން މާލެއަށް އަރާ ހައިވޭގައި ލައިޓު ހަރުކޮށްފައި --- ނަމަވެސް، މެދިއިރުމަތީގައި މިހާރު އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މި ފަހަރުގެ ފިތުރު ޢީދުގެ ދިއްލުންތައް ރަށްރަށުގައި ނުދިއްލަން ސަރުކާރުން ވަނީ ނިންމާފައެވެ. ހަނގުރާމައާ ގުޅިގެން އެކުލަވައިިލައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން ވަނީ ޢީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށާއި ނަމަވެސް ރަށްރަށުގައި ޢީދަށް ބޮކި ނުދިއްލައި، މާލެ ހިމެނޭހެން ހުރިހާ ސިޓީތަކެއްގައި ދިއްލުން ދިއްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. https://sun.mv/219085 ޢީދަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދިއްލުންތައް ދިއްލައި ޒީނަތްތެރިކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި ކަމެކެވެ. އެ މަނިކުފާނު ކުރިން ވިދާޅުވި ގޮތުގައި މީގެ ބޭނުމަކީ ޢީދުގެ އުފާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ