ގަވިންގެ ރޯދަ ޕްރޮމޯޝަނުން ޗުއްޓީ ދަތުރު ހޯދުމަށް ފަހު ފުރުސަތު

އިންޓީރިއާ ޑިޒައިން ސޮލިއުޝަންތަކާއި އުފެއްދުންތަކަށް މަޝްހޫރު 'ގަވިން' އިން ރޯދައަށް ހާއްސަކޮށް ކުރިއަށް ގެންދާ ޗުއްޓީ ދަތުރު ލިބޭ ޕްރޮމޯޝަނުގެ މިއީ އެންމެ ފަހު ދުވަސްކޮޅެވެ.
ވީ ކިހިނެއް؟ - ނަސީބުވެރި 5 މީހަކަށް ހިލޭ ޗުއްޓީ ދަތުރު ލިބޭ މި ޕްރޮމޯޝަން އީދު ދުވަހާއި ހަމައަށް ކުރިއަށްދާއިރު ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ގަވިން އިން ބުންޏެވެ.
ތަފްސީލް - ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ހއ. ހޯރަފުށީގައި ހުންނަ އަރާއިކް ބީޗު ވިލާގައި 5 ރޭގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަރާއިކް ބީޗު ވިލާއަކީ ހިތްފަސޭހަ ޕްރައިވެޓް ބީޗަކާ އެކު މި ފަހުން ހުޅުވި ގެސްޓްހައުސްއެކެވެ.
ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ހޯރަފުށި ދެކޮޅު ޓިކެޓު ވެސް ގަވިން އިން ދޭނެ އެވެ.
އީދު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ގައިވިންގެ ކޮންމެ ފިހާރަކުން ވެސް 1،000ރ. އިން މަތީގެ ވިޔަފާރިކޮށްގެން ބައިވެރިވެވޭނެ އެވެ.
ގަވިންގެ ކަސްޓަަމަރުންނަށް އެ ކުންފުނުން ދޭ އަނެއް އުފާވެރި ހަބަރަކީ އަންނަ މަހު ކުރީކޮޅު ގަވިންގެ ފިހާރަތަކަށް އާ މުދާ ލިބޭނެކަމުގެ ހަބަރެވެ.
އެނގުން މުހިންމު - ގަވިންއަކީ ފެންވަރު ރަނގަޅު އިންޓީރިއާ އުފެއްދުންތަކާއި ވަޑާންކުރަން ބޭނުންވާ ސާމާނާއި އެކި ކަހަލަ އެޕްލަޔަންސަސް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ އިންޓީރިއާ ޑިޒައިންގެ ހިދުމަތްތަކުގެ އިތުރުން ވަޑިންނަށް ބޭނުންވާ އެކި ބާވަތުގެ އާލާތްތައް ވެސް ފޯރުކޮށްދެމުންނެވެ.
ގަވިންގެ ފިހާރަތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 10އަށް ހުޅުވާފައި ހުންނާނެ އެވެ. އެގޮތުން:
ގަވިން ބާޒާރު، މާލޭ ބޮޑުތަކުރުފާނު މަގު - 9428899
ގަވިން ހުޅުމާލެ، ހުޅުމާލޭ ފޭސް 1، ރީތިގަސް މަގު - 9558899
ގަވިން ޑެކޯ، މާލޭ މަޖީދީ މަގު - 9588833
ގަވިން ޕްރޮޖެކްޓްސް - 9348899
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ