އޫކްލާ އެވޯޑްސްގެ 3 އެވޯޑެއް، ދިރާގު 5ޖީ ޚިދުމަތަށް ލިބިއްޖެ

އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން މިއަހަރު ދޭ ތިން އެވޯޑެއް ދިރާގުގެ 5ޖީ ޚިދުމަތަށް ލިބިއްޖެއެވެ. ދިރާގުން ބުނީ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް'، 'ބެސްޓް 5ޖީ ނެޓްވޯކް' އަދި 'ބެސްޓް 5ޖީ ގޭމިން އެކްސްޕީރިއަންސް' އެވޯޑު Q1-Q2 2025 ކެޓަގަރީއިން އެކުންފުންޏަށް ލިބިފައިވާ ކަމަށެވެ. ދިރާގުން މި ހޯދި ކާމިޔާބީއިން ދައްކުވައިދެނީ ދިރާގުގެ ޚިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށާއި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، 2019 ވަނަ އަހަރު ދިރާގަކީ ސައުތު އޭޝިއާ އަދި، ރާއްޖޭގައި 5ޖީ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ސާވިސް ޕްރޮވައިޑާއެވެ. https://x.com/Dhiraagu/status/2005937998203084906 މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 73 އިންސައްތައަށް ދިރާގުގެ ހަލުވި 5ޖީ ނެޓްވޯކް ފޯރުކޮށްދީފައެވެ. ކަނެކްޓިވިޓީ އިންޓެލިޖެންސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ އޫކްލާއިން، ސްޕީޑް ޓެސްޓް، ޑައުން ޑިޓެކްޓާ، އެކަހައު، އަދި ރޫޓްމެޓްރިކްސް މެދުވެރިކޮށް، ނެޓްވޯކް އަދި ކަނެކްޓިވިޓީއާ ބެހޭ ތަފާތު މައުލޫމާތު ފޯރުކޮށްދެއެވެ. އެ މައުލޫމާތުތަކުގެ އެހީގައި، ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެ، އަމަލީ ގޮތުން ބޭނުން ކުރެވޭ ފަދަ މައުލޫމާތުތަކަށް ބަދަލުކޮށްދެއެވެ. ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވޯކް' ވިދިވިދިގެން ތިން އަހަރު ހޯދާފައެވެ. އަދި، 'ފާސްޓަސްޓް 5ޖީ ނެޓްވޯކް' ދެ އަހަރު މަތިން ހޯދާފައި ވެސް ވެއެވެ. ދިރާގުން އަންނަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ޚިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ