ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާ ސަސްޕެންޑްކޮށްފި
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި ހުންނެވި އިސްމާއިލް ސާޖިދު ސަސްޕެންޑްކޮށްފި އެވެ.އެނގިފައިވާގޮތުގައި މި ހަފުތާގެ ތެރޭގައި ސާޖިދު ސަސްޕެންޑްކޮށް ވަނީ އޮފީހަށް ނުނިކުތުމަށް އަންގައިފައެވެ. ތުހުމަތު ކުރެވޭ މައްސަލައިގެ ފުރިހަމަ ތަފްސީލު އަދި ނުލިބެއެވެ. މިކަމާ ގުޅޭ ގޮތުން ރަސްމީ ބައެއް ހޯދުމަށް އެމްއެމްއޭ އަށް ގުޅުމުން އަދި ވަކި ޖަވާބެއް ނުލިބެ އެވެ.ސާޖިދު ކުރިން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ