އެއް ކޮޓަރީ ފްލެޓް ދޫކުރުމުން، އަލުން ފްލެޓަށް ކުރިމަތިލެވޭހެން އުސޫލު ބަދަލުކޮށްފި
އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާނަމަ އެ ފްލެޓް ދޫކުރުމުން، އިތުރު ފްލެޓްތަކަށް ކުރިމަތިލެވޭހެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދިނުމުގެ އުސޫލު އިސްލާހުކޮށްފިއެވެ. ގެޒެޓުގައި ރޭ އާންމުކޮށްފައިވާ އުސޫލުގައިވާގޮތުން، އިތުރު ފްލެޓަކަށް ކުރިމަތިލާނަމަ، އެއް ކޮޓަރީގެ ހައުސިން ޔުނިޓެއް ލިބ،ި އެ ލިބުނު މީހާގެ 18 އަހަރުން ދަށުގެ ދަރިއެއް ނުވަތަ ދަރިން ތިބި ނަމަ އެ ތަނެއ،ް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަންއެއްބަސްވާން ޖެހެއެވެ. މީގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕުރޮގުރާމެއްގެ ދަށުން ދެ ކޮޓަރީގެ ހައުސިން ޔުނިޓެއް ލިބ،ި އެ ލިބުނު މީހާގެ 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ އެ ތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވާ ގޮތަށް ވެސް އިތުރު ފްލެޓަކަށް ކުރިމަތިލެވޭނެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގައި ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެންމެ ގިނަ ބަޔަކު ޝަކުވާ ހުށަހެޅި އެއް ކަމަކީ އެއް ކޮޓަރީގެ ފްލެޓުގައި އުޅެން ދަތިވުމުން އެހެން ފްލެޓަކަށް ކުރިމަތިލެވޭ ގޮތް ވުމެވެ. ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ނޮވެންބަރު 16 ގައި އިފުތިތާހުކުރި "އެންމެންނަށް ބޯހިޔާވަހިކަން" ސްކީމަށް އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް ފޯމު ހުށަހެޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ