އިންޑިއާ އެހީ ނުވާ ނަމަ، ރާއްޖޭގެ މިނިވަންކަން ގެއްލުނީސް: ރައީސް

މިދިޔަ 50 އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ނުވި ނަމަ، ރާއްޖޭގެ މިނިވަންކަން އޮތީހީ ގެއްލިފައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ނ. ލަންދޫގައި ފެނެކައިން ހެދި ޒަމާނީ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރާއްޖެ އިންޑިއާއަށް، "ނުވިކި އޮތީ ކިރިޔާ" ކަމަށް ވިދާޅުވެ ދެއްކެވިވާހަކަފުޅު ތަފްސީލް ކޮށްދެއްވަމުން ރައީސް ވިދާޅުވީ ރާއްޖެ އާއި އިންޑިއާޔާ ދެމެދު އޮތީ ދުރުނުވެވޭ ވަރުގެ ވަރުގަދަ ގުޅުމެއް ކަމަށެވެ. އެހެން ނަމަވެސް، އިންޑިއާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ، ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިނުމުގައި ދިވެހިންގެ ވިންދާ ގުޅުން ހުރި ކަންތައްތަކެއް ހިނގުމުން އެ ކުންފުންޏާ ރާއްޖެއާ ދެމެދު މައްސަލަތަކެއް ދިމާވި ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ އިންޑިއާ ސަރުކާރާ ރާއްޖެއާ އޮންނަ ގުޅުމަށް ބުރޫއެރިކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ އެންމެ އަސާސީ ކަންތައްތަކުން ފެށިގެން އިންޑިއާއިން ރާއްޖެއަށް ވަނީ އެހީތެރިވެފައި. ބައްލަވާ، ރާއްޖެއަށް ދިމާވި އެންމެ ނާޒުގު ދަނޑިވަޅު 1988 ގެ އުދުވާނީ ހަމަލާގައި އިންޑިއާއިން އެ ދެއްވި އެހާމެ އަވަސް މުހިންމު އެހީ. އެހެން ނޫން ނަމަ އަޅުގަނޑު ދަންނަވާނީ މިވީ 50 އަަހަރުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަން ގެއްލުނީހޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާޔާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ވެސް ކުރަމުން ގެންދާ ކަމަށެވެ. އަދި އިންޑިއާ އިން ވެސް ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރާއްޖެއަށް އެހީތެރިކަން ދެމުން އަންނަ ގޮތަށް އެކަން ކުރަނީ އެގޮތަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އިންޑިއާގެ ވިޔަފާރިތަކަށް ރާއްޖެއިން އޮތީ މަރުހަބާ ކިޔަން ފުރުސަތު ހުޅުވާލައިގެންނެވެ. އަދި އެ ގައުމާ ގުޅުން ބަދަހި ކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ޖީއެމްއާރުގެ މައްސަލަތަކުގެ ވާހަކަ ދެއްކުމަކީ އަދި އިންޑިއާޔަށް ބަދުބަސް ބުނުން ނޫންކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
"ބައެއް ފަހަރަށް މިހެން ދެއްކޭ ވާހަކަތައް އެބަވޭ ދެ ގައުމުގެ ހައްސާސީ މައްސަލަތަކަށް. އެހެންވެ އަޅުގަނޑު ބައެއް ކަންކަން މި އޮޅުންފިލުވައިދިނީ،" ރައީސް ވިދާޅުވި އެވެ. "މި ސަރުކާރުން އިހުލާސްތެރި ކަމާ އެކު އިންޑިއާގެ ވިޔަފާރިތަކަށް މަރުހަބާ ކިޔާނަން،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ