ރައީސް ޑރ. މުހައްމަދު މުއިއްޒު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސޭއެމްޑީއޭ)ގެ ސީއީއޯގެ މަގާމަށް މާލީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ މުހައްމަދު އަހުމަދު އައްޔަނުކުރައްވައިފިއެވެ.
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި މުހައްމަދު އަހުމަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މުހައްމަދު އަހުމަދު ވަނީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައެވެ. މާލީ ދާއިރާގައި އޭނާ ހިދުމަތް ކުރެއްވި ޕްރައިވެޓް ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އަދި ސޮލަރެލް އިންޝުއަރަންސް ހިމެނެއެވެ.
މުހައްމަދު އަހުމަދު ވަނީ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުން ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އިނގިރޭސިވިލާތުގެ ޑަރހަމް ޔުނިވާސިޓީ ބިޒްނަސް ސްކޫލުން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވައިފައެވެ.
ދމާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކުރައްވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ސީއެމްޑީއޭގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން މަނިކު މިދިޔަ އެޕްރީލް 30 ވަނަ ދުވަހު ރިޓަޔާކުރެއްވުމުންނެވެ.
ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު އަހުމަދު އައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ