ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް, ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން އަޙްމަދު ޝަމާޙް ރަޝީދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް، ޕީސީބީން ބުނެފައިވާގޮތުން ސަމާހު އެ މަގާމުން ވަކިކުރީ މިއަދުން ފެށިގެންނެވެ.
ސްޓެލްކޯގެ އެމްޑީ ކަމުގެ މަގާމަށް ސަމާހް އައްޔަނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
އޭގެ ކުރިން އޭނާ މިފްކޯގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާއިރު، އެމަގާމުން އޭނާ ވަކިކުރީ މެއި 21, 2024 ގައެވެ.
މިފްކޯގެ މަގާމުން އޭނާ ވަކިކުރެވުނީ އޭނާއާ ގުޅޭގޮތުން ޕީސީބީ އަށް ހުށައެޅުނު ކޯޕަރޭޓް ގަވަނެންސްއާއި ގުޅުން ހުރި މައްސަލަތަކަކާއި ގުޅިގެން ސަސްޕެންޑްވެސް ކުރުމަށްފަހުއެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމުން ސަމާހު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ