ވީއައިއޭ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ މިއަދު ބޭނުންކުރަން ފަށައިފިއެވެ. އެ ސަރަހައްދު ބޭނުން ކުރަން ފެށިކަން ހާމަކޮށް، އެމްއޭސީއެލްއިން ބުނީ، އެއީ، ޖާގަ ތަނަވަސް ހިތްފަސޭހަ ކަމާއެކު ފަސިންޖަރުންނަށް ބޭނުންކުރެވޭނެ ތަނަކަށް ވާނެ ކަމަށެވެ. އެގޮތުން، އެ ސަރަހައްދު ހުންނާނީ، އޭސީކޮށް، ހަމަޖެހިގެން ފަސިންޖަރުންނަށް ތިބެވޭ ގޮތަށް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. އާ ޓާމިނަލްގައި ސީޕްލޭން ކައުންޓަރުތައް ހުޅުވީ، އެރައިވަލް ގޭޓާ ޖެހިގެން އޮތް ހިސާބުގައެވެ. އެމްއޭސީއެލުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ގަސްތައް ބަހައްޓައި އެ ސަރަހައްދު ހަދާފައި ވަނީ، މަޑުކޮށްލައިގެން ތިބެން ވަރަށް ހިތްފަސޭހަ ކޮށެވެ. ވީއައިއޭގެ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ: އެ ސަރަހައްދު ބޭނުން ކުރަން ފެށީ މިއަދު --- ފޮޓޯ/ އެމްއޭސީއެލް ފާހަގަކުރެވޭ ގޮތުގައި، އައު ޓާމިނަލް ބޭނުން ކުރަން ފެށީ، މިދިޔަ އަހަރުގެ މިނިވަން ދުވަސް ޖުލައި 26ގައެވެ. އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފެށިއިރު، އާ ޓާމިނަލުން ޚިދުމަތް ދިން ނަމަވެސް، ކުރީގެ ޓާމިނަލުގައި ހޭދަކުރަންޖެހޭ ވަގުތަށްވުރެ މާ ގިނައިރު މިހާރު ޗެކިންވުމަށް ހޭދަކުރަންޖެހޭ ކަމަށް ބުނެ، ބައެއް ދަތުރުވެރިން ވަރަށް ފަހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. https://sun.mv/216356 މިދިޔަ ޑިސެމްބަރު މަހަކީ، ވީއައިއޭއަށް ބާރުބޮޑު މަހަކަށް ވިއިރު ރާއްޖެ އަންނަ ހުރިހާ އެއާލައިންތަކަކަށް ޚިދުމަތް ދިނުން އާ ޓާމިނަލަށް މިހާރު ވަނީ ބަދަލު ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ