ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 11 މީހަކު ހައްޔަރުކޮށް، ވައްކަމާއި އެކި ކުށްތަކާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ކުރި މަސައްކަތުން ވައްކަމާއި އެކި ކުށްތަކާ ގުޅުންހުރި 231,000 ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޖުމްލަ 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޝިފާން ވިދާޅުވީ، މާލެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފުލުހުން މެދުނުކެނޑި ފޯރިމެރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. އަދި މިކަމުގައި އާންމު ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަކީ ކުށް މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ފުލުހުން އަންނަނީ މާލޭގެ މަގުތަކުގެ އަމާންކަން ބެލެހެއްޓުމަށާއި، ވައްކަމާއި ފޭރުން ފަދަ ކުށްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
48 ގަޑިއިރު ތެރޭގައި 11 މީހަކު ހައްޔަރުކޮށް، 2 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ