އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް މިދިޔަ ޑިސެމްބަރު 29، ގައި ހުޅުވާލި ފުރުސަތު އިއްޔެ ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ މިހާރުގެ ނައިބުރައީސް ޝައިހް މުހައްމަދު ޝިފާން އާއި އިކްރާމް އަބްދުއްސައްތާރުކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޝިފާން އާއި އިކްރާމް ވަނީ ކެންޑިޑެންސީ ފޯމް އަދާލަތު ޕާޓީއަށް ހުށަހަޅުއްވާފަ އެވެ. އެ ދެ ކެންޑިޑޭޓުންގެ އިތުރުން އެހެން އެއްވެސް ކެންޑިޑޭޓެއް ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް އެދި ފޯމެއް ހުށައެއް ނާޅަ އެވެ.
ޝިފާންގެ ނައިބުރައީސެއްގެ ގޮތަށް ހުށަހަޅާފައިވަނީ އަބްދުﷲ އެވެ. އިކްރާމްގެ ނައިބުރައީސެއްގެ ގޮތަށް ހުށަހަޅާފައި ވަނީ މުހައްމަދު މުއްތަލިބު އެވެ.
އަދާލަތު ޕާޓީއަށް އައު ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމެޖެހިފައިވަނީ ޖެނުއަރީ 31، ވަނަ ދުވަހު އެވެ. އެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ކަމަށް ޕާޓީން ބުންޏެވެ.
މިވަގުތު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުالله އެވެ. އަދާލަތަކީ އެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ.
އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމު ދެ ދައުރު ފުރުއްވި ޝައިހް އިމްރާން އަބްދުﷲ އެ މަގާމަށް ވާދައެއް ނުކުރައްވަ އެވެ. އަދާލަތު ޕާޓީގެ ހިންގާ ގަވާއިދު ބުނާގޮތުން ވިދިވިދިގެން ދެ ދައުރު ރައީސްގެ މަގާމަށް ކުރިމައްޗެއް ނުލެވެ އެވެ.
އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ޝިފާން އާއި އިކްރާމް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ޝިފާން އާއި އިކްރާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ