އިންތިހާބަކާއި ނުލައި ލޯކަލް ކައުންސިލުގެ 28 ގޮނޑިއެއް ސަރުކާރު ހިންގައި ޕާޓީ ޕީއެންސީއަށް ކަށަވަރުވެފައިވާ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހާމަކޮށްފިއެވެ.
އީސީން މިއަދު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިޢުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، އިންތިޚާބު ވި ފަރާތްތަކުގެ މަޢުލޫމާތު އާއްމުކޮށްފައެވެ.
އެގޮތުން އާއްމު ކުރި ލިސްޓުގައިވާގޮތުން 28 ގޮނޑިއެއް ވަނީ ވެރިކަން ކުރާ ޕީއެންސީއަށް ލިބިފައެވެ. އަދި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެއްމެ ގޮނޑިއެކެވެ.
މީގެ އިތުރުން، އަދާލަތު ޕާޓީއަށް އެއް ގޮނޑި ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރާ ތިން މީހަކަށް ވަނީ ގޮނޑި ކަށަވަރުވެފައެވެ.
ގޮނޑި ކަށަވަރުވެފައިވާ ފަރާތްތައް އަންނަނިވި ލިންކުން ބަލައިލެވޭނެއެވެ.
https://gazette.gov.mv/iulaan/381304
ކައުންސިލް އިންތިޚާބު: 28 ގޮނޑި ޕީއެންސީއަށް ލިބިއްޖެ؛ އެމްޑީޕީއަށް 1 ގޮނޑި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ