ރޯދަ މަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އިސްލާމީ ވަޙުދަތު ދަމަހައްޓަން އެދިއްޖެ ޗައިނާގެ އާ އަހަރުގެ މުނާސަބަތުގައި ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި ފަލަކީ ހިސާބު ދައްކާގޮތުން މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް: މައުމޫން އިތުބާރުކުރެވޭ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ.
ފުލުހުން ބުނީ މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި ޗައިއޮން، ބަންގްލަދޭޝް (34އ) ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ވޭޕް ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ