މައުލޫމާތު ހޯދައި ލިބިގަތުން (އާރްޓީއައި) ގާނޫނު ރައީސް އޮފީހުން "މިސްޔޫޒް" ކުރާ ކަމަށް ނުވަތަ އެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އައިކޮމް އިން ރައީސް އޮފީސް ހާޒިރުކޮށްގެން ބޭއްވި އަޑުއެހުމެއްގައި އާހިދު ވިދާޅުވީ މައުލޫމާތު ހޯދަން އެދޭ މީހުން އާރްޓީއައި ގާނޫނު "މިސްޔޫޒް" ކުރާ ވާހަކަ ރައީސް އޮފީހުން ފާހަގަކުރާއިރު، މައުލޫމާތު ފޯރުކޮށްދޭން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އިހުތިރާމުނުކޮށް ރައީސް އޮފީހުން ގާނޫނު "މިސްޔޫޒް" ކުރަމުންދާ ކަމަށެވެ.
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MU STORE
Yes Maldives Pvt Ltd
MGH Group of Companies
"ސަރުކާރުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އިހުތިރާމު ނުކުރުުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ތިބޭފުޅުންގެ ތަރުޖަމާނާއި އެހެން ފަރާތްތަކުންވެސް ބައެއް ފަހަރު އެބަ ފާހަގަކުރޭ މައުލޫމާތަށް އެދި ހުށަހަޅާ ފަރާތްތަކުން މި ގާނޫނު މިސް ޔޫޒް ކުރާ ވާހަކަ. އެބިއުޒް ކުރާ ވާހަކަ،" އާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ އެޔެއް ނޫން ދެއްތޯ. އަޅުގަނޑުމެންނަށް މިހެންވާ ކަމުގައިވަންޏާ މިހާރުވެސް މި ފެންނަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ގާނޫނު މިސްޔޫޒް ކުރާ ތަނެއް ނޫންތޯ."
މި އަހަރުގެ މެދާ ހިސާބަށް އައިއިރު ރައީސް އޮފީހަކީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މައުލޫމާތު ފޯރުކޮށްނުދީގެން އެންމެ ގިނައިން ޝަކުވާ ރައްދުވާ އިދާރާކަން ފާހަގަކުރައްވާ އާހިދު ވިދާޅުވީ ރައީސް އޮފީހުގެ އަމަލުތަކާމެދު އެ އޮފީހުން ވިސްނަންޖެހޭ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މި އަހަރުގެ މެދާ ހިސާބަށް ގޮސްފައި މިއިނީ. ފުރަތަމަ ހަ މަހުގެ ހިސާބުތައް ބަލައިލިކަމުގައިވާނަމަ މައުލޫމާތު މުއްދަތުގެ ތެރޭގައި ފޯރުނުކޮށްދީގެން އެންމެ ގިނައިން ޝަކުވާ އައި އެއް އިދާރާ. އެންމެ ކުރީގައި އިން އިދާރާ. އެހެންވީމަ މައުލޫމާތު ހޯދަން އެދި ހުށަހަޅާ މީހުން، ހުށަހަޅާ ފަރާތްތަކުން މި ގާނޫނު މިސްޔޫޒް ކުރަނީއޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނާއިރުގައި ތިބޭފުޅުން އަމިއްލައަށް ވިސްނާލައްވާ ކިހާވަރަކަށްތޯ ތިބޭފުޅުންނަށް އަމަލުކުރެވިފައިވަނީ މިކަމުގައި،" އާހިދު ވިދާޅުވި އެވެ.
އާހިދު ވިދާޅުވީ އާރްޓީއައި ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދޭން ކަނޑައަޅާފައިވާ 21 ދުވަހުގެ ތެރޭގައި އަދި ވަކި ހާލަތްތަކުގައި އިތުރުކުރެވޭ 14 ދުވަހުގެ ތެރޭގައި ވެސް ރައީސް އޮފީހަށް މައުލޫމާތު ފޯރުކޮށްނުދީގެން ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ އާރްޓީއައިތައް ހުށަހަޅާ މީހުން އެ ގާނޫނު "އެބިއުޒް" ކުރާތީ ސަރުކާރުގެ އިދާރާތަކުން އެކަމަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭކަން ފާހަގަކުރައްވާ މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"އަޅުގަނޑުމެނަށް ވަރަށް ގިނަ ފަހަރަށް ފެނިގެން މިދަނީ، މިހާރަކަށް އައިސް އަދި އަމުދުން، ގިނަ ފަހަރަށް ފެނިގެން މިދަނީ އާރްޓީއައި ޤާނޫނު ވަރަށް ބޮޑަށް އެބިއުޒް ކުރާތަންވެސް އެބަ ފެނޭ،" އުޝާމް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ އާރްޓީއައި ހުށަހަޅާ މީހުން ކާކުކަން ނޭގޭ ގޮތަށް ހުށަހަޅާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބުދާރީ ވާނެ ކަމަށެވެ. ނަމަވެސް އާރްޓީއައިތަކަށް ރައީސް އޮފީހުން ގަވާއިދުން ޖަވާބުދާރީ ނުވާކަން ފާހަގަކުރެވެ އެވެ.
ރައީސް އޮފީހުން އާރްޓީއައި ގާނޫނު "މިސްޔޫޒް" ކުރާ ކަމަށް އާހިދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ