ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސް ދައުރެއް އަދާކުރާ ކަމަށް ތުހުމަތުކޮށް، މަނީލޯންޑަރިންގެ ދައުވާ ކޮށްފައިވާ ދެ މީހުން އަލުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަގައި ހައްޔަރުކުރީ، ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު (35އ) އަދި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ ހަސަން އާޒިމް (30އ)އެވެ.
އެންމެ ފުރަތަމަ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2024 ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ. މި ދެމީހުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެހެންނަމަވެސް މި ދިޔަ އަހަރު ޖަނަވަރީ މަހު ހައި ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން އެމީހުން ބަންދު ކުރަން ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އެ ދެމީހުން މިނިވަންކޮށްފައެވެ.
އެ ދެމީހުން މިނިވަންކުރިތާ ކުޑަދުވަސްކޮޅެއް ފަހުން އަލުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރުނެރެފައެެވެ. ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވީ ނަމަވެސް މިދިޔަ އަންގާރަ ދުވަހު އަނެއްކާވެސް އެމީހުން ވަނީ ދޫކޮށްލާފައެވެ. އަދި ރޭ ފުލުހުން ވަނީ ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ އެ ދެމީހުން އަލުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.
އޭއީއެޗްގެ ސީއީއޯ ކަމުން ޑރ. ޔާސިރު ވަކިކޮށް، އެ މަގާމަށް ޑރ. އަދީލް ހަމަޖައްސައިފި އާސަންދައިން އެމްބިއުލާންސް ދޭނެ އިތުރު ހާލަތްތައް ކަނޑައަޅައިފި މަޖިލީސް މެންބަރުން މަގާމުން ވަކިކުރެވޭނެ ގޮތް ހެދުމުގެ މަޝްވަރާތައް ފަށައިފި ބޯހިޔާވަހިކަމަށް އެދޭ ރައްޔި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ