މައި ކިޔު ސްޓަޑީގެ ނަމުގައި ހިންގަން އުޅޭ އެކްސްޕޯއަށް ސަމާލުވާން އިލްތިމާސްކޮށްފި މައި ކިޔު ސްޓަޑީގެ ނަމުގައި ހިންގަން އުޅޭ އެކްސްޕޯއަށް ސަމާލުވާން އިލްތިމާސްކޮށްފި

ޒައި އިންވެސްޓްމަންޓުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެޑިޔުކޭޝަނަލް އެކްސްޕޯތަކާ އެއްގޮތް ނަމެއް ކިޔައިގެން ހިންގަން އުޅޭ "މައި ކިޔު ސްޓަޑީ" އަދި "ސްޓަޑީ އެބްރޯޑް އިންޓަނޭޝަނަލް އެޑިޔުކޭޝަން އެކްސްޕޯ" އަށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
މި މައްސަލައިގައި ޒައި އިންވެސްޓްމަންޓުން ނެެރުނު ނޫސް ބަޔާނެއްގައި ބުނީ ކިއު ސްޓަޑީ މޯލްޑިވްސް, ކިއު ސްޓަޑީ، ކިއު ސްޓަޑީ ވަރލްޑް، އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ، ކިއު ވޯލްޑް އެކްސްޕޯ، ސްޓަޑީ އެބްރޯޑު، އިންޓަނޭޝަނަލް ސްޓަޑީ އެބްރޯޑު، އެޑިއުކޭޝަނަލް އެކްސްޕޯ އަކީ އެ ވިޔަފާރީގެ ނަމުގައި ހުރި ނަންތަކެއް ކަމަށެވެ.
ޒައި އިންވެސްޓްމަންޓުން މި އެކްސްޕޯތަށް ހިންގަމުން ދަނިކޮށް "ލީގަލް އެއިޑް އެލް.އެލް.ޕީ" ކިޔާ ބަޔަކު ވަނީ މި ނަންތަކާ ވައްތަރު "މައި ކިޔު ސްޓަޑީ" ގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފަ އެވެ. މި މައްސަލަ އިކޮނޮމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން، އެ މިނިސްޓްރީން ވަނީ ނަން ބަދަލުކުރަން ވެސް އަންގާފަ އެވެ.
ނަމަވެސް، މާދަމާ އާއި ހޮނިހިރު ދުވަހު ބާސެލޯ ނަސަންދުރާ ހޮޓަލުގައި މައި ކިޔު އެކްސްޕޯ ގެ ނަން ބޭނުންކޮށްގެން އެޑިއުކޭޝަނަލް އެކްސްޕޯ އެއް ބޭއްވުމަށް މާލެ މަގުތަކާއި ސޯޝަލް މީޑިޔާ މެދުވެރިކޮށް އަންނަނީ އިޝްތިހާރު ކުރަމުންނެވެ.
ޒައި އިންވެސްޓްމަންޓުން ބުނީ، ދަރިވަރުންނާއި ބެލެނިވެރިނަށް އޮޅޭގޮތަށް ބަޔަކު ހިންގަމުންދާ ހަރަކާތްވާ މައްސަލަ ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި، މިއީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ އެކްސްޕޯއެއް ނޫން ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް ވެސް ޒައި އިންވެސްޓްމަންޓުން ބުންޏެވެ.
ޒައި އިންވެސްޓްމަންޓުން ވަނީ އޮޅުވާލައިގެން ހިންގާ މި އަމަލު ކުށްވެރިކޮށް، މި އެކްސްޕޯއާ އެ ވިޔަފާރިއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިލްތިމާސްކޮށްފަ އެވެ.
މި ނަންތައް ބޭނުންކޮށްގެން އެޑިއުކޭޝަނަލް އެކްސްޕޯ ހިންގުމަށް އިޝްތިހާރުކުރަމުން އަދި ދަރިވަރުން އަތުން ފައިސާ ނަގަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާތީ ޒައި އިންވެސްޓްމަންޓުން ވަނީ ގާނޫނި ފިޔަވަޅު އަޅަން ފަށާފަ އެވެ. އެ ގޮތުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ކަމަށް އެ ވިޔަފާރިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ