އެމްޑީޕީ ޕްރައިމަރީ އޮމާންކޮށް ގެންގޮސް ދެއްވާ: ޝާހިދު

މިއަދަކީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގެ އެމްޑީޕީގެ ޕްރައިމެރީގެ ވޯޓުލުން އޮންނަ ދުވަހެވެ. އެމްޑީޕީ ޕްރައިމަރީގައި ޕާޓީގެ ހުރިހާ މެންބަރުން ނުކުމެ ވޯޓް ދިނުމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު އެދިވަޑައިގެންފިއެވެ. 
 ވޯޓުގެ ކަންތައްތައް އޮމާންކޮށް ސުލްޙަވެރިކަމާއެކު ގެންގޮސްދެއްވުމަށް އެމްޑީޕީގެ ރައީސް މެންބަރުންނަށް އިލްތިމާސް ކުރެއްވިއެވެ.
  ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުންނާއެކު ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ނުކުމެ ކައުންސިލް އިންތިހާބު 2026 އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް އެމްޑީޕީގެ ރައީސް އެދި ވަޑައި ގަންނަވައެވެ.
އޮނަރަބަލް ޝާހިދު ވިދާޅުވާ ގޮތުގައި މި ސަރުކާރަކީ ދޮގާއި މަކަރާއި ހީލަތާއި ފަސާދައިގެ މައްޗަށް ބިނާކޮށްފައިވާ ސަރުކާރެކެވެ. މި ސަރުކާރު ބަލި ކޮށްލުން އެއީ މިއަދު ކުރަންޖެހިފައިވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ކެންޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދެއްވުމަށް އޮނަރަބަލް ޝާހިދު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ