ވާދޫގެ ފަރުމައްޗަށް އެރި ލޭންޑިންކްރާފްޓް ފުންކޮށްފި

ރޭގެ ވަގުތެއްގައި ގދ. ވާދޫގެ ފަރު މައްޗަށް އެރި ލޭންޑިންކްރާފްޓް މިރޭ ފުންކޮށްފިއެވެ. 'ސަން' އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނި ގޮތުގައި މިރޭ 11:08 ހާއިރު ލޭންޑިންކްރާފްޓް ވަނީ ފުންކޮށްފައެވެ. ރޭގެ ވަގުތެއްގައި ވާދޫ ފަރަށް ލޭންޑިންކްރާފްޓް އެރުމާ ގުޅިގެން ވާދޫ ކައުންސިލުގެ ރައީސް ޙަސަން ޢަބްދުالله މިއަދު ވިދާޅުވީ، ބެލެވޭ ގޮތުގައި ލޭންޑިންކްރާފްޓް އެ ރަށު ފަރަށް އެރީ ބަލަންޖެހޭ ވަރަށް ނުބެލުމުންނެވެ. https://sun.mv/216693 ނެރުބައްތިއެއް ނެތް ކަމުގައިވިޔަސް އެސްޓީއޯގެ ތެޔޮ ބޯޓާއި ބައެއް އެހެނިހެން އުޅަނދުފަހަރު ވެސް ވާދުއަށް ވަދެ، އެއްޗެހި ބަހައްޓާކަމަށް އޭނާ ވިދާޅުވިއެވެ. "ފެނުނު ފޮޓޮއިން ބަލައިލިކަމުގައިވާ ނަމަ އެއީ ލައިސަންސް ދީފަ އޮތް ރަނގަޅު ކެޕްޓަނަކަށް ވަންޏާ އަދި ނެރުބައްތިއެއް ނެތް ކަމުގައިވިޔަސް ވެސް ބަލަންވާނެ އެތާނގައި އެހެން ކަހަލަ ގޮތަކަށްވެސް އަލި އަރުވާ ކަހަލަ ކޮންމެ ވެސް ކަހަލަ ވަސީލަތެއް އޮތްތޯ ނެތްތޯ،" ޙަސަން ވިދާޅުވިއެވެ. ޙަސަން ވިދާޅުވީ، ވާދޫގެ ފަރުގެ ބޮޑު ބައެއް މަރުވެފައި އޮތް އިރު، ފަރު ހެދިބޮޑުނުވާ ކަމަށެވެ. އެހެންކަމުން ލޭންޑިންކްރާފްޓް ފަރަށް އެރި ހާދިސާގެ ކަންކަން ބަލައި، ކަމާބެހޭ ފަރާތްތަކާ އެކަން ހިއްސާކުރާނެ ކަމަށް، ޙަސަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ