ސަން ބަދިގެ: ޑްރައި ޗިލީ ޓޫނާ ސެލެޑް
މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި ގެނެސްދޭނީ މަސްދަޅު ބޭނުންކޮށްގެން ސެލެޑެއް ތައްޔާރުކޮށްލާނެ ގޮތެކެވެ. މިއީ މަދު ބާވަތްތަކެއް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބާވަތެކެވެ. ބޭނުންވާތަކެތި އަލުވި ގްރީން ބީންސް ޓޮމާޓޯ ލެޓިއުސް ބިސް އޮލިވް މަސްދަޅު ލުނބޯ އޮލިވްއޮއިލް ލޮނުމެދު ލޮނު މަސްޓަޑް އަސޭމިރުސް ތައްޔާރުކުރާނެގޮތް އެންމެ ފުރަތަމަ އަލުވި މަށާލުމަށްފަހު ކިއުބްގޮތަށް ކޮށާފައި ކައްކަން އުދާލާށެވެ. އެއަށްފަހު ބިސް ވެސް ފެނު ކައްކާލާށެވެ. ދެން ގްރީން ބީންސް ވެސް ކޮށާލުމަށްފަހު މަޑުކޮށްލަން އުދާލާށެވެ. ގްރީން ބީންސް މަޑުވުމުން ކޮށާލުމަށްފަހު، ޓޮމާޓޯ އަދި ލެޓިއުސް ކޮށާލުމަށްފަހު އޮލިވް އާއި އަލުވިކޮޅު ފުން ތަށްޓަކަށް އަޅާލާށެވެ. އޭގެތެރެއަށް ލޮނުމެދު ކޮޅު ވެސް ހިމުންކޮށް ކޮށާލުމަށްފަހު އަޅާލާށެވެ. ދެން މަސްޓަޑް ކްރީމް، ލޮނު، އަސޭމިރުސް، އޮލިވް އޮއިލް، ލުނބޯ ހުތްކޮޅެއް ޖަހާލުމަށްފަހު މަސްދަޅު އަޅާފައި ރަނގަޅަށް މަޑުމަޑުން ހުރިހާ ބާވަތެއް އެއްކޮށްލާށެވެ. ދެން އެއްކޮށްފައި ހުރި ސެލެޑް ތަށްޓަކަށް އެޅުމަށްފަހު ބިސް ހަތަރުފަޅިކޮށްފައި އޭގެ މައްޗަށް އަޅާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ