ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބަލަހައްޓާ އެހެން އެއާޕޯޓްތަކުގައި ޖެޓް ފިއުލް ވިއްކާ އަގު ބޮޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މީޑިއާތަކަށް ވިދާޅުވި ގޮތުގައި:
މީގެ ކުރިން 1.19 ޑޮލަރަށް ވިއްކަމުންދިޔަ ޖެޓް ފިއުލް ލިޓަރެއް މިހާރު ވިއްކަނީ 1.69 ޑޮލަރަށް؛ މިއީ 50 ސެންޓުގެ އިތުރުވުމެެއް
މިއީ ޖެޓް ފިއުލްގެ އަގަށް އައި %42ގެ ބޮޑުވުމެކެވެ.
ތަފްސީލް - ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ތެލުގެ އަގަށް އެ ބަދަލު ގެންނަން ޖެހުނީ އީރާންގެ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ގޯސްވެ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މައްޗަށް ޖެހުމާ ގުޅިގެން މަޖުބޫރުވެގެންނެވެ.
ތެލުގެ އަގު ބޮޑުކުރުމާ އެކު އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަގުތައް ބޮޑުކުރާނޭ ކަމަށް ބެލެވެ އެވެ.
އެނގުން މުހިންމު - އީރާން ހަނގުރާމައާ އެކު މިފަހުން ތެޔޮ އަގުބޮޑު ނުވާ މިންވަރަށް ތެލުގެ އަގު ބޮޑުވެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެ އިތުރުން:
ސާފުކޮށްފައި ހުންނަ ތެޔޮ، ޕެޓްރޯލާއި ޑީސަލްގެ އަގު ބާޒާރުގައި ވަނީ ފީފާއެއް 170 ޑޮލަރަށް ވުރެ މައްޗަށް އަރާފައި
ރާއްޖެެއަށް ގެނައުމަށް ހިނގާ ހަރަދުތަކާ އެކު ތެޔޮ ލީޓަރެއް އެތެރެކުރަން 19ރ. މިހާރު ހަރަދުވޭ
އެހެންކަމުން، ތެލުގެ އަގު ރާއްޖޭގެ ބާޒާރުގައި ލީޓަރެއް 20ރ. އަށް ވުރެ މައްޗަށް ދިޔުން ގާތެވެ.
މިފަހުން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ތެލުގެ އަގު ރެކޯޑް އަދަދަކަށް ބޮޑުކޮށްފަ އެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން %18.6 ބޮޑުކޮށްފައިވާއިރު، ޑީސަލް ލީޓަރަކުން %26 ވަނީ ބޮޑުކޮށްފަ އެވެ.
މިހާރު ތެލުގެ އަގުތައް:
ޕެޓްރޯލް: 16.01ރ. ލިޓަރެއް
ޑީސަލް: 17.54ރ. ލިޓަރެއް
އެމްއޭސީއެލްއިން ޖެޓް ފިއުލް ވިއްކާ އަގު ބޮޑުކޮށްފި؛ ޓިކެޓުގެ އަގު ބޮޑުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ