މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ގައުމު ދިވެހި ސަރުކާރުން ހާމަނުކުރި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވަނީ ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކުން ބޭނުން ކޮށްފައި ނުވާކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ.
ހަލީލް ވިދާޅުވީ ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ކަމަށެވެ. ނަމަވެސް ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނީ ކޮން ގައުމަކުން ކަމެއް އޭނާ ހާމަނުކުރައްވަ އެވެ.
"ރާއްޖޭގެ އަމާންކަމާ އިގްތިސާދު ހިމާޔަތްކުރުން އެންމެ ފުރަތަމަ ކަމަކަށް. އޭގެ ދަށުން ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް ބޭނުންކުރެވިފައި ނުވާނެކަން އަޅުގަނޑު ހަމަ ދަންނަވާލަން އަދި އެފަދަ އަންނަ ރިކުއެސްޓްތައް ވެސް އަޅުގަނޑުމެން ރިޖެކްޓް ކުރަމުންދާކަން އަޅުގަނޑު ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" ހަލީލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދަށް ގުޅައި މެސެޖު ކުރުމުން ވެސް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
މިދިޔަ މަހުގެ 28، ގައި މެދުއިރުމަތީގައި ހަނގުރާމަ ފެށުނީ އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުންނެވެ. އެއާއެކު އިރާނުން އަންނަނީ އިޒްރޭލަށް ހަމަލާ ދިނުމުގެ އިތުރުން މެދުއިރުމަތީގެ އެމެރިކާ ބޭސްތަކަށް ހަމަލާ ދެމުންނެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރީ ހަމަލާ ދިންތާ 12 ދުވަސް ފަހުންނެވެ. އޭގެއިތުރުން އިރާނުގެ ރޫހާނީ ލީޑަރު ހާމަނާއީ އަވަހާރަވުމުން ދިވެހި ސަރުކާރުން އެކަމާ ގުޅިގެން ތައުޒިޔާ ކިޔާފައެއް ނުވެ އެވެ.
ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ގައުމު ހާމަނުކުރި ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ގައުމު ހާމަނުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ